ޓެކްނޯ މީޑިއާގެ ފަރާތުން ގެނެސްދޭ ފުރަތަމަ ފިލްމު "ތިޔަ ލޯތްބާއި ދުރަށް" ގެ އޮފިޝަލް ޓްރެއިލާ އާއި ޕޯސްޓާރ ދައްކާލައިފިއެވެ.

މިރޭ "ބީ ހައިވް" ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ފިލްމުގެ އޮފިޝަލް ޕޯސްޓަރު ނެރެދެއްވީ، މި ރަސްމިއްޔާތުގެ ޝަރަފްވެރިމެހެމާން، މަޝްހޫރު ޑައިރެކްޓަރ، ޕްރޮޑިއުސާރ އަދި އެކްޓަރ ޔޫސްފް ޝަފީއު (ޔޫއްޕެ)އެވެ.

މިރޭގެ ރަސްމިއްޔާތުގައި، ޔޫއްޕެގެ އިތުރުން މި ފިލްމުގެ ބޮޑު ރޯލަކުން ފެނިގެންދާ މަލީހާ ވަހީދު (މަލް) ވެސް ވަނީ ބައިވެރިވެފައެވެ. އޭގެއިތުރުން، ދިވެހި ފިލްމީ އިންޑަސްޓްރީގެ ބައެއް ފަންނާނުން ވެސް ވަނީ ބައިވެރިވެފައެވެ.

https://youtu.be/EvZFTStISUI

ފިލްމުގެ ހުރިހާ މަސައްކަތެއް އަވައްޓެރި ސްރީލަންކާގައި ކޮށްފާއިވާ މި ފިލްމަކީ، ތިނެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ އަސަރުގަދަ ފިލްމެކެވެ. މި ފިލްމަކީ މައްޝޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ލިޔެ، އޭނާ އަމިއްލައަށް ޑައިރެކްޓްކުރާ ފުރަތަމަ ފީޗާރ ފިލްމުކަން ވެސް ފާހަގަ ކޮށްލެވެއެވެ.

މިރޭގެ ހަފްލާގައި ޔޫއްޕެ ވާހަކަދައްކަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
މިރޭގެ ހަފްލާގައި ޔޫއްޕެ ވާހަކަދައްކަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ލީޑް ރޯލުން އަހްމަދު އަޒްމީލް (އަޒޭ) އާއި މަލީހާ ވަޙިދު (މަލް)ގެ އިތުރުން ލަންކާގެ ބަތަލެއް ކަމުގައިވާ އުދޭނީ ފެނިގެންދާ މި ފިލްމުގެ އޮފިޝަލް ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު، މީގެ ކުރިން މި ފިލްމުގެ "ތީމް ލަވަ" ވެސް ވަނީ އާންމުކޮށްފައެވެ.