ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާދި އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޮނަސް ގެ ކައިވެންޏަށް ހަތަރު މަސް ދުވަސް ވާން ކައިރިވެފައިވާއިރު، މި ދެ މީހުން ވަރިވާން އުޅޭކަމުގެ ހަބަރުތަކެއް މި ވަނީ ތިލަވެފައެވެ.

"އޯކޭ" މެގަޒިންގައި އިން ހަބަރެއްގައި ބުނެފައިވާގޮތުގައި، މި ދެމީހުންވެސް މިހާރު ވިސްނަމުން ދަނީ ވަރިވުމަށެވެ. ސަބަބެއްކަމަށް އެ މެގަޒިންގައި ބުނެފައި ވަނީ، ކޮންމެ ކަމެއްގައިވެސް ދެ މީހުން ޒުވާބު ކުރުމާއި ތަޅާފޮޅުން އޮންނާތީކަމަށް ބުނެފައި ވެއެވެ.

"ކޮންމެ ކަމަކަށްވެސް ދެ މީހުން ޒުވާބު ކުރޭ، ތަޅާ ފޮޅާ މަސައްކަތުގެ ކަންކަމުގައި، އާއި އެކުގައި އުޅުމުގައިވެސް". އެ ކަންކަން ދަންނަ މީހަކު އެ މެގަޒިންއަށް ބުނެފައި ވެއެވެ.

އިތުރަށް ބުނެފައިވާގޮތުގައި، މި ދެ މީހުންގެ ވަރިވުން ވެގެންދާނީ ފައިސާ އެކަމަށް ހަރަދުވާނެ ކަމަށެވެ. އަދި ޖޮނަސްގެ އާއިލާއިން މިހާރުވެސް ޕްރިޔަންކާ ކައިރިން އެ ކައިވެނި ރޫޅާލުމަށް އާދޭސް ކުރަމުން އަންނަ ކަމަށް އެ މެގަޒިންގައި ބުނެފައި ވެއެވެ.

އަދި ޕްރިޔަންކާއަކީ ތަސައްރަފު ފުދި، ދަރިން ހޯދަންވެސް ތައްޔާރަށް ހުރި އަންހެނެއް ކަމަށް އާއިލާއިން ހީވި ނަމަވެސް، އޭނާ އުޅެމުން ދަނީ 21 އަހަރުގެ ޒުވާން އަންހެނަކު އުޅޭހެން ކަމަށް ނިކްގެ އާއިލާއިން ބުނާކަމަށް އެ މެގަޒިންގައި ވެއެވެ.

އޭގެ އިތުރަށް ޕްރިޔަންކާއަކީ ރުޅިގަދަ މީހެއް ކަމަށާއި، މިކަންކަން ކުރިން ނިކްއަކަށް ނޭގޭކަމަށްވެސް ބުނެފައި ވެއެވެ.

ޕްރިޔަންކާ އާއި ނިކް ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރު ޑިސެންބަރު މަސް ތެރޭގައެވެ. މި ދެ މީހުން ކައިވެނިކޮށްފައި ވަނީ އެކަކު އަނެކަކަު ދެކެ އިންތިހާއަށް ލޯބިވެގެން ކަމަށް ބުނެއެވެ. އަދި މި ދެ މީހުންގެ އުމުރުގައި 10 އަހަރުގެ ތަފާތެއް ހުރެއެވެ.

މި ދެ މީހުންގެ ކައިވެނި ރުޅާލުމާއި ގުޅޭގޮތުން މީީޑިއާތަކުގައި ވާހަކަދެއްކި ނަމަވެސް، ދެ މީހުންވެސް މިކަމާއި އަދި ސީދާ ޖަވާބެއް ނުދެއެވެ. ފެންނަ ފެނުމަށް ދެ މީހުން އުޅެމުން ދަނީ ވަރަށް ލޯބިންނެވެ.