"ބަނޑެއް ލައިފިދޯ؟" މިއީ އެންމެ ގިނައިން އަމާޒުވާ އެއް ސުވާލެވެ. ހާއްސަކޮށް ކިރިޔާވެސް ފަލަވެލާ އިރަށް، ފުރަތަމަވެސް ބަނޑެއްލާނެއެވެ. ބަނޑުގާ ސަރުބީ ޖެހުމަކީ މީހާގެ ސިފަ ގެއްލި، މީހާގެ ހަށިގަނޑަށް އިތުރު ގެއްލުންތައްވެސް ކުރުވާ ކަމެކެވެ. ހާއްސަކޮށް ބަނޑުގައި ސަރުބީ ޖެހުމުގެ ސަބަބުން ހަކުރު ބައްޔާއި، ހިތުގެ ބަލިތަކަށް ފުރުސަތު ބޮޑުވެއެވެ.

ބަނޑެއް ލުމަކީ ސިފަ ހުތުރުވާ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެފައިވާ އިރު، އޭގެ އިތުރުން ބަނޑެއް ލުމަކީ އެކިއެކި ބަލިތަކަށް މަގުފަހިވެސް ކުރުވާ ކަމެކެވެ. އެ ބަނޑު ހިންދާލަން ކުރެވިދާނެ ކުދިކުދިން ކަންތައްތައް އެބަހުއްޓެވެ. ފަސޭހަ ކަމާއެކު ކޮށްލެވޭ އެ ކަންތައްތަކުން މީހާއަށް ވަރަށް ބޮޑަށް ފަސޭހަކޮށްލުމުގެ އިތުރުން، ބަނޑުގައި ޖަހާ ބޭކާރު ސަރުބީތައް ވިރުވާލައެވެ.

1- ހަކުރު އެކުލެވޭ ބުއިންތަކާއި، ހަކުރުގެ ބާވަތްތައް ބޭނުން ނުކުރުން. ހަކުރަކީ ބަނޑުގެ ސަރުބީއަށް މަގުފައިވާ އެންމެ ބޮޑު އެއް ވަސީލަތެވެ. އަމިއްލަ ބުއިންތަކަށް ބޭނުން ކުރާއިރު، އެއަށް އިތުރުކުރާ ހަކުރަކީ އޭގެ ސަބަބުން ހަށިގަނޑަށް ގެއްލުން ދޭނެ އެއްޗެކެވެ.

2- ގިނައިން ޕްރޮޓީން ބޭނުން ކުރުން. ގިނައިން ޕްރޮޓީން ބޭނުން ކުރުމަކީ ދުރު މުސްތަގުބަލެއްގައި ބަނޑުގެ ސަރުބީތައް ވިރުވާލުމަށް އޮތް މޮޅު އުކުޅެކެވެ.

3- ކާބު މަދު ކުރުން. ކާބު ބޭނުން ނުކުރާ ޑައިޓެއް ޖެއްސުމަކީ ހިކުމަށް އޮތް އެންމެ ރަނގަޅު އެއް ހައްލެވެ. ހާއްސަކޮށް ބަނޑު ހިންދާލުމަށެވެ.

4- ފައިބަރު އެކުލެވޭ ކާނާތައް ގިނައިން ބޭނުން ކުރުން.

5- ބަނޑުގެ ހާއްސަ ކަސްރަތުތައް ގަވާއިދުނ ކުރުން.

6- ކެވޭ ނުކެވޭ މިންވަރު ރަނގަަޅަށް ބެލުން. ހާއްސަކޮށް ހަކުރު އެކުލެވޭ ބާވަތްތައް ބޭނުން ކުރެވޭ މިންވަރު ބެލުން.