ޗައިނާގެ އުފެއްދުމެއް ކަމަށްވާ ޓިކްޓޮކް އިންޑިއާގައި މި ވަނީ ބްލޮކްކޮށްފައެވެ. މި އެޕް މިހާރު އެ ގައުމުގައި ޑައުންލޯޑެއް ނުކުރެވޭނެއެވެ. އިންޑިއާގައި މި އެޕް ބޭނުން ނުުކުރުމަށް އެ ގައުމުގެ ސަރުކާރުން އެންގި ސަބަބުތައް ވަރަށް ބައިވަރެވެ.

އިންޑިއާގައި މި އެޕް ބޭނުން ކުރާ މީހުންގެ އަދަދު 120 މިލިއަންއަށް އަރައެެވެ.

އަހްލާގީ މިންގަނޑު ދަށް ވީޑިއޯތަކުގެ އިތުރުން، އެ ވީޑިއޯ ހެދުމަށް ދައްކާ ތަފާތު އުކުޅުތަކުގެ ސަބަބުން ބައެއް ފުރާނަ މި ވަނީ ގެއްލިފައެވެ. މިއީ އެ އެޕް އިންޑިއާގައި ބްލޮކް ކުރި ސަބަބުތެކެވެ. މި އެޕްގެ ސަބަބުން ދިމާވި ހިތާމަވެރި ހާދިސާތަކަށް އަލިއަޅުވާލަމާ ހިނގާށެވެ.

ޓިކްޓޮކް ވީޑިއޯއެއްގެ ނެގުމުގެ ތެރޭގައި ބަޑި ޖަހާ މީހަކު މަރާލުން

އިންޑިއާގެ ދިއްލީގައި ޓިކްޓޮކް ވީޑިއޯއެއް ނަގަން އުޅުމުގެ ތެރޭގައި ރަހުމަތްތެރިޔާގެ ގަޔަށް ބަޑިޖަހާ މަރާލެވުނު ހާދިސާއަކީ މިދިޔަ ހޮނިހިރު ދުވަހު ހިނގާދިޔަ ހާދިސާއެކެވެ. ކާރެއްގެ ތެރޭގައި ނަގަން އުޅުނު އެ ޓިކްޓޮކްގެ ސަބަބުން ކާރު ދުއްވަން އިން ޑްރައިވަރުގެ މޫނަށް ވަޒަން އަރާ ވަނީ މަރުވެފައެވެ.

ޓިކްޓޮކް ވީޑިއޯއެއް ނެގުމުގެ ތެރޭގައި އެކްސިޑެންޓެއް

މިދިޔަ ފެބްރުއަރީ މަސް ތެރޭގައި ޓަމިލް ނެޑޫއަށް ނިސްބަތްވާ ކޮލެޖް ކުއްޖެއް ބަހެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ވަނީ މަރުވެފައެވެ. ސްކޫޓަރެއްގެ އިތުރު ދެ މީހަކާއެކު ދަނިކޮށް އޭނާ އެކްސިޑެންޓްވީ ޓިކްޓޮކް ވީޑިއޯއެއް ނަގަން އުޅުމުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓިކްޓޮކް ވީޑިއޯއެއް ނެގުމުގެ ތެރޭގައި ޓްރެކްޓާއެއްގެ ދަށުވި

މި އަހަރުގެ ކުރީކޮޅު ޓިކްޓޮކް ވީޑިއޯއެއް ނަގަން އުޅުމުގެ ތެރޭގައި މީހަކު ވަނީ ޓްރެކްޓާއެއްގެ ދަށުވެގެން މަރުވެފައެވެ. ރިޕޯޓްތައް ބުނާގޮތުގައި، އޭނާ މަސައްކަތް ކުރީ ދުއްވަމުންދިޔަ ޓްރެކްޓަރު ތެރެއަށް އަރާ ވީޑިއޯއެއް ނެގުމަށެވެ. އެހެން ނަމަވެސް އޭނާ އޭގެ ދަށުވެގެން މަރުވީއެވެ.

މީގެ އިތުރުން މިދިޔަ އަހަރު ޗެންނާއި އަށް ނިސްބަތްވާ މީހަކު ޓިކްޓޮކް ވީޑިއޯއެއްގައި އޭނާ ކަރު ބުރިކުރާ ޒާތުގެ ވީޑިއޯއެއް ނަގަން އުޅުމުގެ ތެރޭގައި އޭނާގެ ކަރު ބުރިވެ ލެއިން ތަތްތެޅިގެން ވަނީ މަރުވެފައެވެ. އަދި މި އަހަރު ތެރޭގައި އިންޑިއާގައި ދެ ގުރޫޕެއް ދޭތެރޭގައި ހިނގި ހަމަނުޖެހުން ހިނގާދިޔައީ ޓިކްޓޮކް ވީޑިއޯގެ ސަބަބުންނެވެ.

މިއީ އިންޑިއާގައި ޓިކްޓޮކްގެ އަވާގައި ޖެހި ބައެއް މީހުންނަށް ދިމާވި ހިތާމަވެރި ހާދިސާތަކެވެެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަހުމަދު

    ރާއްޖޭގެ ތިކްތޮކް ކުއީން އޭ ކިޔާ މަންޖެގަނޑުވެސް ހީވަނީ އެހެންފަދަ ކަމެއްހެން. މަ ގާތަށް ހާދަ ފޫއްސެއްކުރުވައޭ..މީހުން ހަލާކު ކުރަން އުޅޭ ގޮތްޔެއް އެއީ. މަވެސް މީނީ ހަލާކުވެފަ.......

    29
    5
  2. ޥާވު

    ދިސް އިސް އިންޑިއާ.

    9
    3
  3. ހިޔާލު

    ތިއީ ރާއްޖޭގަވެސް ބްލޮކް ކޮއްލަން ލަސްވެފަ އޮއެއް އެޕެއް

    38
    3
  4. ޙިޔަލަ

    ތިދެން ބޮޑުވެެެޖެ ކަމެއް

    16
    2
  5. ހިޔަޅު

    ތި އެޕަކީ ވަބާއެއްް!

    23
    3
  6. މީހާ

    އިންޑިޔާގައި ފިލްކުޅުން ވެސް ހުއްޓާލަން ފެނޭ. އަހުލާގީ މިންގަޑުވެސް ވަރަށްދަށް އަނެއްކާ މީހުންނަށް އަނިޔާވެސް، މަރުވެފައިވެސް އެބަހުރި

    2
    1
  7. އަހަރެން

    ޓިކްޓޮކް އެކަންޔެއް ނޫނެންނު ބުލޮކް ކުރަންވީ ޕަބްޖީ އަދިމިނޫން އެހެން އެއް އެޕް ތައްވެސް ހަމަ ބްލޮކް ކުރަންވީ??