ހަނދަށް ވެސް ތަފާތު ނަންނަން ކިޔައެވެ. ބައެއް ފަހަރު ހަނދު ފެންނަ ގޮތުން ބިސް ހަނދު، މަސް ހަނދު، ދަނޑުވެރިކަމުގެ ހަނދު، ގަސްތަކުގެ ހަނދު އަދި އެކި ސަގާފަތްތަކުގައި އެކި ނަންނަން ކިޔައެވެ.

އޭޕްރިލް މަސް ފެށުމާއި އެކު އުތުރު އެމެރިކާ ބައްރުގެ ގައުމުތަކުގެ މީހުން "ފިޔައިތޮށި ކުލައިގެ ހަނދު" ފެންނާނެ ދުވަހަށް ތައްޔާރު ވެއެވެ. އޭޕްރިލް މަހު ހުޅަވި ހަނދު ފެންނާނީ ފިޔައިތޮށި ކުލައިން ކަމަށް އެމީހުން ބުނެއެވެ.

މިއީ މީގެ އެތައް ގަރުނެއް ކުރިން އެސަރަހައްދުގެ މީހުން ގަބޫލު ކުރަމުން އައި ގަބޫލު ކުރުމެކެވެ. އަދިވެސް ގިނަ މީހުން ގަބޫލު ކުރަނީ އޭޕްރިލް މަހު ހުޅަވި ހަނދު ފެންނާނީ ފިޔައިތޮށި ކުލައިން ކަމަށެވެ.

ނަމަވެސް ކުރިއަރާފައިވާ ސައިންސްގެ ހޯދުންތަކުން ދައްކާ ގޮތުގައި ހަނދުގެ ކުލަ ބަދަލެއް ނުވާނެއެވެ. ފިޔައިތޮށި ކުލައިން ހަނދުން ފެންނަ ކަމަށް އެމެރިކާ ބައްރުގެ މީހުން ދައްކާ ވާހަކައަކީ ބޯދާ ވާހަކައެކެެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ފިޔައިތޮށި ހަނދު ފެންނަ ކަމަށް އެތައް ގަރުނެއް ކުރިން ބަޔަކު ބުނަމުން އައީ އެމީހުން ކަލަންޑަރު ގައި ޖަހާ ފާހަގައެއްގެ ގޮތުގައެވެ. އޭޕްރިލް މަހަކީ އެމެރިކާ ބައްރުގެ މީހުން ކުރިއަށް އޮންނަ އަހަރަށް ދަނޑުގޮވާން ކުރަން ފަށާ މަހެވެ. އެހެންކަމުން އެމަސައްކަތް ފަށާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޭޕްރިލް މަހުގެ ހުޅަވި ހަނދު ފެންނަ ދުވަހަކީ ފިޔައިތޮށި ކުލައިން ހަނދު ފެންނަ ދުވަސް ކަމަށް އެމީހުން ނިންމައެވެ.