ރަންވީރް ސިންގއަކީ އެތައް ބައެއްގެ ހިތްތައް އަތުލަމުން އަންނަ ޒުވާން ތަރިއެކެވެ. އޭނާއަށް ސަޕޯޓް ކުރާ މީހުންގެ ލިސްޓު ގުނައި އަދަދުވެސް ނުކުރެވޭހާ ގިނައެވެ. އެއީ އޭނާގެ އަމިއްލަ ސްޓައިލާއި، އެކްޓް ކުރުުމުގައި ގެންގުޅޭ ހުނަރާއި، ފެޝަންއަށް ލޯބިކުރާލެއް ބޮޑުކަމުން ކަމަށްވެދާނެއެވެ.

ވަރަށް ފަހުން ބޮމްބޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ރަންވީރް ބުނީ، އޭނާ ބަރަހަނާކޮށް ހުއްޓާ އެއް ފަހަރަކު އޭނާގެ ސަޕޯޓަރަކު ވީޑިޔޯ ކުރި ކަމަށެވެ. އޭނާއަށް އެތަން ފެނުނީ އެ ނަސީބަކުން ކަމަށް އޭނާ ބުންޏެެވެ.

އޭނާ ބަރަހަނާކޮށް ހުއްޓާ ވީޑިޔޯކޮށްފައި ވަނީ ސްވިމިންގ ޕޫލެއްގެ ޑްރެސިންގ ރޫމް ތެރޭގައި ހުއްޓާއެވެ.

"އަހަރެން ހުރީ ޗޭންޖިންގ ރޫމް ތެރޭގައި. ބަރަހަނާކޮށް. ހުއްޓާ މީހަކު އަހަރެންގެ ބަރަހަނާ ވީޑިޔޯ ނަގާކަން އަހަންނަށް އެނގިގެން އަހަރެން އޭނާއާ ދިމާލަށް ހަޅޭލެވިން. ހަޅޭލެވުމާއެކުވެސް އެ މީހާއަށް ހުރީ ހުއްޓުން އަރާފައި. އަހަރެން ގޮސް އެ މީހާގެ އަތުން ފޯނު ޖަހައިގަނެގެން ވަގުތުން އެ ވީޑިޔޯ ޑިލިޓް ކުރިން". ރަންވީރް ބުންޏެވެ.

ރަންވީރް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ކާމިޔާބު ފިލްމެއްކަމަށްވާ ޕަދްމަވާތް އިންނެވެ.