2007 ވަނަ އަހަރު ޝޯވ ފެށުނު އެމެރިކާގެ މަޝްހޫރު ސިޓްކޮމް'ދަ ބިގް ބޭންގް ތިއަރީ' 12 ސީޒަނަށް ފަހު ނިންމާލައިފިއެވެ.
މެދު ނުކެޑި 12 އަހަރު ވަން ދެން ދެއްކި މި ސީރީޒްގެ ސީޒަން 12ގެ ފަހު އެޕިސޯޑް'ދަ ސްޓޮކްހޮމް ސިންޑްރޮމް' ދައްކާފައިވަނީ މި މަހުގެ 16ގައެވެ.
'ދަ ބިގް ބޭންގް ތިއަރީ' ނިންމާލަން ޖެހުނީ ޝޯވގެ މައި ތަރިން ތެރޭގައި ހިމެނޭ ޖިމް ޕާސަންސް، 45، 13 ވަނަ ސީޒަނަކަށް އަނބުރާ ނުދާން ނިންމުމުންކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ސީރީޒްއަށް 48 އެމީ ނޮމިނޭޝަން ލިބި، 10 އެވޯޑް ވަނީ ކާމިޔާބުކޮށްފައެވެ މި ސީރީޒްގެ އެންމެ ފަހު އެޕިސޯޓް 18 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.12 އަހަރަށް ފަހު 'ދަ ބިގް ބޭންގް ތިއަރީ' ނިންމާލާފައި މިވަނީ 279 އެޕިސޯޑަށް ފަހުއެވެ.
ޝޯވ ފެށުނު އިރު ފެނިގެންދާ މައި ތަރިންތައް އެންމެ ފަހު އެޕިސޯޑްއާ ހަމައަށް ޝޯވގައި އުޅެއެވެ. ބިގް ބޭންގް ތިއަރީ ނިމުނު ކަމުގައިވީ ނަމަވެސް، "ޔަންގް ޝެލްޑަން"ގެ ނަމުގައި ޝެލްޑަންގެ ކުޑައިރުގެ ދުވަސްތައް ދައްކުވައިދޭ އާ ޝޯއެއް މިހާރު ވަނީ ދައްކަން ފަށާފަ އެވެ.
މި އަގު ބޮޑު ސީރީޒްގެ އެންމެ މުހިއްމު އެއް ތަރި ކަމަށްވާ ޝެލްޑަން ކޫޕަގެ ރޯލް އަދާކުރާ ޖިމް ޕާސަންއަށް އެންމެ ފަހު ދެ ސީޒަނުން އެކަނިވެސް 50 މިލިއަން އެމެރިކާ ޑޮލަރު ލިބުނެވެ.
ބިގްބޭންގް ތިޔަރީގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ކަންތައް ކަމަށްވާ، ހަލާކުވެފައިވާ ލިފްޓް، ފަހު ސީޒަންގައި މަސައްކަތް ކުރާ ކަމަށް ގިނަ ރިވިއުތަކަކުން ވަނީ ބުނެފައެވެ.