ބޮލީވުޑްގެ ގިނަ ތަރިން ރާއްޖެދެކެ އިންތިހާއަށް ލޯބިވެެއެވެ. ކުރު ޗުއްޓީއެއް ލިބުނަސް އާއިލާ ނޫނީ ލޯބިވެރިޔާ ގޮވައިގެން އަންނާނީ ރާއްޖެއެވެ. ބޮލީވުޑްގެ ތަރިން ރާއްޖެ އައިސް އެ މީހުންގެ މީސް މީޑިއާ ޕްލެޓްފޯމްތައް ފޮޓޯތަކުން ފުރާލައެވެ.

މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ބޮލީވުޑްގެ ތަރިއަކީ އަރްޖުން ރާމްޕަލްއެވެ.

އޭނާއާއި ލޯބިވެރިޔާ ގަބްރިއެއްލާއާ ދެ މީހުން ޗުއްޓީ ހޭދަކުރަމުން ދަނީ އަނަންތަރާ ވެލި ރިސޯޓްގައެވެ. އެ ރިސޯޓްގައި ނަގާފައި ހުރި ދެ މީހުންގެ ފޮޓޯއެއް އަރްޖުން ވަނީ މީސް މީޑިއާއަށް ލާފައެވެ.

އަރްޖުންގެ ލޯބިވެރިޔާ ގަބްރިއެލް ބަނޑުބޮޑެވެ. އެކަން އަންގާފައި ވަނީވެސް އަރްޖުންއެވެ. މީސް މީީޑިއާ މެދުވެރިކޮށް މިކަން އެންގި ހިސާބުން އެތައް ބަޔަކު ދިޔައީ މި ދެ މީހުންނަށް މަރުހަބާ ކިޔަމުންނެވެ.

ގަބްރިއެއްލާއަކީ ސައުތް އެފްރިކާގެ މޮޑެލްއެކެވެ. އޭނާ ވަނީ ބޮލީވުޑްގެ ފިލްމް ސޮނަލީ ކޭބަލްއިންވެސް ފެނިގެން ގޮސްފައެވެ.

އަރްޖުން ކުރިން ކައިވެނިކޮށްގެން އުޅުނީ ކުރީގެ މިސް އިންޑިއާ މެހްރް ޖެސިއާއެވެ. އެ ކައިވެނި ރޫޅިފައި ވަނީ މިދިޔަ އަހަރު ތެރޭގައެވެ. މި ދެ މީހުންގެ ކައިވެންޏަށް ދެ ކުދިންވެސް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު