ހިތަށް ތީރެއެއް ހެރިގެން މިދިޔަ އަންގާރަ ދުވަހު ހޮސްޕިޓަަލަށް ދިޔަ މީހެއްގެ އެމާޖެންސީ ސާޖަރީއެއް ހަދާ އޭނާގެ ފުރާނަ ސަލާމަތްކޮށްފިއެެވެ.

އުމުރުން 47 އަހަރުގެ ފިރިހެނަކު އިޓަލީގެ މޮލިނެޓެ ހޮސްޕިޓަލަށް މިދިޔަ އަންގާރަ ދުވަހު ދިޔައީ ހިތަށް ތީރެއް ހެރިގެންނެވެ. އޭނާ އެ ހޮސްޕިޓަލަށް ގޮސްފައި ވަނީ ހިނގާފައެވެ. އޭނާ ހޮސްޕިޓަލަށް ދިިޔުމާއެކު ވަގުތުން ޑޮކްޓަރުން އޭނާއަށް ފަރުވާދޭން ފަށާފައެެވެ..

އެ މީހާގެ ހިތަށް އެ ތީރު ހެރުނީ ކިހިނެއް ކަމެއް ނޭގެއެވެ.

އޭނާ ހޮސްޕިޓަލަށް އައުއުމުން ޑޮކްޓަރުން ވަނީ ވަގުތުން އޮޕަރޭޝަނެއްކޮށް އެ ތީރު އޭނާގެ ހަށިގަނޑުން ނެގިއެވެ. އަދި އޭނާގެ ހަށިގަނޑުން ލޭ ފޭބުން ހުއްޓުވާފައެވެ.

ޑޮކްޓަރުންވެސް ވަނީ އެ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށް ބުނެފައެވެ. އަދި އެ މީހާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އާއްމުކޮށް މިފަދަ އެއްޗެއް ހިތާއި ފިމާލަށް ހެރިއްޖަނަމަ ސަލާމަތް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު