އިނގިރޭސިވިލާތުގެ ރާނީ، ކުއީން އެލިޒަބަތުގެ އެންމެ ގާތް އަދި އެންމެ އިތުބާރުކުރާ އެކަކު ކަމަށްވާ އަނެޓް ވިލްކިން މަރުވުމާއެކު މުޅި ޝާހީ އާއިލާއަށް ބޮޑު ހިތާމައެއް ކުރިމަތި ވެއްޖެއެވެ.

އުމުރުން 72 އަހަރުގެ ވިލްކިންއަކީ ރާނީ އެންމެ އިތުބާރުކުރާ އެކަކެވެ. ވިލްކިން ވަނީ 40 އަހަރު ވަންދެން ރާނީގެ އަރިހުގައި މަސައްކަތް ކޮށްފައެވެ. އޭނާ މަރުވެފައި ވަނީ 72 އަހަރުގައެވެ. ވިލްކިން މަރުވެފައި ވަނީ ކުޑަ ދުވަސްކޮޅެއް ވަންދެން ބަލިވެ އުޅުމަށްފަހުގައެވެ. މީޑިއާތަކުން ބުނެފައި ވަނީ ކުއީންގެ އެންމެ ގާތް އެކެއް ކަމަށްވާ ވިލްކިންގެ މަރާއެކު ކުއީންއަށް ވަރަށް ބޮޑު ހިތާމައެއް ލިބިފައިވާ ކަމަށާއި، މުޅި އާއިލާއަށްވެސް އެކަން ވެފައި ވަނީ ބޮޑު ހިތާމައަކަށް ކަމަށެވެ.

1974 ވަނަ އަހަރު މެއިޑެއްގެ ގޮތުގައި ޝާހީ އާއިލާއަށް ހިދުމަތް ކުރުމަށް ދިޔަ ވިލްކިން ވަނީ ހައުސްކީޕިންގެ ހެޑެއްގެ މަގާމުވެސް އަދާކޮށްފައެވެ. މީހަކާވެސް ނީނދެ، ޝާހީ އާއިލާއަށް ހިދުމަތް ކުރުމަށް އޭނާ ހުރި އިރު، ދެތިން އަހަރު ކުރިން ވިލްކިން ރިޓަޔާ ކުރިއެވެ. އެހެން ނަމަވެސް ކުއީން ވަނީ ގަނޑުވަރު ތެރެއިން ހާއްސަ ކޮޓަރިއެއް ހަމަޖައްސާ، އެންމެ އަރިސް މަގާމެއް ދީފައެވެ.

މީޑިއާތައް ބުނާ ގޮތުން، ރާނީ ދުވަހަކުވެސް ނުކުރާ ކަމެއް މިފަހަރު ފެނިގެންދާނެއެވެ. އެއީ އާއިލާއިން ބޭރު މީހެއްގެ ޖަނާޒާއަށް ފުރަތަމަ ދިޔުމެވެ. މީގެ ކުރިން ކުއީން އެއްވެސް މީހެއްގެ ޖަނާޒާއަށް ގޮސްފައެއް ނުވެއެވެ.