އެއްވަނަ ދުނިޔޭގެ ގައުމުތަކުގެ ދިރިއުޅުން މާއުފާވެރިވެފައި މާބޮޑަށް އަރާމު ވާނެކަމަށް އަހަރެމެންނަށް ހީވެއެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ޓީވީ ޗެނަލް އަކުން ރޭ ދެއްކި ޑޮކިއުމެންޓްރީއެއް ގައި ފެންނަނީ ތިން ކޮޓަރީގެ ގެއެއްގައި 30 މީހުން ދިރިއުޅޭ ތަނެވެ.

ތޮއްޖެހިގެން، ނުތަކާ ވަރަށް މީހުން ދިރިއުޅެނީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބައި ބޮޑު މާލޭގައި އެކަނި ކަމަށް އަހަރެމެންނަށް ހީވި ނަމަވެސް މިފަދަ އެތައް ގައުމެއް ދުނިޔޭގައި އެބައޮތެވެ.

ޑޮކިއުމެންޓްރީ އިން ފެންނަ ގޮތުގައި އެމީހުން ދިރިއުޅެމުން އައީ ގެއަކީ ކުއްޔަށް ދޫކޮށްފައި ހުރި ގެއެކެވެ. އެއް އާއިލާގެ 15 މީހުންނާއި އަދި އެމީހުންގެ ގާތް މީހުންނާއި ދަންނަ މީހުން ހިމެނޭ ގޮތައް ޖުމްލަ 30 މީހުން ގޭގައި ދިރިއުޅެމުން ދެއެވެ.

ނިދާ ކޮޓަރިތަކުގައި ހުންނަނީ މަތިމައްޗަށް ގޮދަޑިތައް ޖަހާފައެވެ. ނިދަން ވުމުން މުޅި ގޭގެ ތެރޭގައި ގޮދަޑިތައް އަތުރާލައެވެ. ނިދާ ގަޑީގައި ގޭތެރޭގައި ހިނގައި ބިނގައިވެ އުޅުން އެއީ ވެސް ފަސޭހަ ކަމެއް ނޫނެވެ.

މި ގެ ކުއްޔަށް ދީފައިވާ ފަރާތުން ބުނީ އެމީހުން ގޭގައި އުޅެމުން ދަނީ ޤަވައިދާއި ހިލާފަށް ކަމަށާއި އެހެންކަމުން އެމީހުންގެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ފާއިތުވި ހައެއްކަ އަހަރު ތެރޭގައި އިނގިރޭސިވިލާތުގައި ފަގީރުންގެ އަދަދު އިތުރުވެ، ގެދޮރުގެ ކުލި މައްޗަށް ގޮސް ގެދޮރު ނެތް މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ގެދޮރުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި ނުދެވިއްޖެނަމަ އިނގިރޭސިވިލާތުގައި ގެދޮރު ނެތް މީހުންގެ އަދަދު އެތައް ލައްކަ އަކަށް އަރާފާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރޯ

    ދުނިޔޭގެ ލޯތަކަށް ނުފެންނަ އެންމެ ގިނަފަގީރުންންނާ ގެދޮރު ނެތް މީހުން ދިރި އުޅޭ ގައުމަކީ އެމެރިކާ ތަރައްގީ ހިސާބުތަކުގެ މަގުމަތީ ނިދައިފިނަމަ މަރާލާނެ އެމެރިކަން ކޮންޓިނެންޓްގެ ހުރިހާ ގައުމެއްގާވެސް މިކަން ކުރަނީ މިހެން އެހެނެ މީހުންގެ ލޯތަކަށް ފަގީރުންގެ ތަސްވީރެއް ނުލިބެނީ ޔޫރަޕްގެ ގައުމުތަކުގާވެސް މިކަން ކުރަނީ މިހެން ހަބަރުތަކުން ކިޔާނެ އާޖެންޓީނާ ބްރެޒިލް ކޮލަމްބިޔާ ފަދަ ގައުމުތަކުގެ މަގުމަތީގަ ނިދާ މިތައްމީހުންމަރައިފިޔޭ މިހެންވެ ބޭރު ގައުމުތަކުގެ މީހުން ގޮސް އުޅޭ ހިސާބުތަކުން ފަގީރުން ނުފެންނަނީ

  2. އީޖާބޭރާއްޖެ

    މިގައުމަކީ ކުޑަ ތަނަކަސް ޕޯޑިއަމްތަކުގައި ވާހަކަ ދައްކަވާ ބަޔެއް ބޭފުޅުން ވިދާޅުވަނީ މަލާމާތުގެ ރާގަކަށް ތަރައްގީވެފައިވާ ގައުމުތަކުގަ މީހުންއުޅޭ ހިއްފަސޭހަ ވާހަކަ ތިއާޓިކަލް ވިދާޅުވާން ރަގަނޅުވާނެ އެބޭފުޅުން މިގައުމުގައި ކުއްޔަށް އަދި ސަރުކާރުން ގެދޮރާގޯޗެއް ގަނެގެން އުޅުނު އެއްވެސް ދިވެއްސަކު ނުހުންނާނެ 1978 ހަމަޔަށް ސީދާ ރާވައިގެން ފެއްޓި ގޯތިނުދީ ރަށްޔަތުން އަޅުވެތިކުރާ ސަގާފަތެއްގެ ދަށުން ރަށްޔަތުން ނިކަމެތިކޮށް އަޅުވެތިކޮއް ފަސޭހަކަމާއެކު ވޯޓްހޯދަން ހިންގާ ޕުރޮގުރާމެއް ގެ ދަށުން މިގައުމު ތިހާލަތައް ވައްޓާލީ ކޮންމެ ސަރުކާރަކުންވެސް ބަލާނެ ރަށްޔަތުން ނިކަމެތި ކުރާނެ ގޮތެއް ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ވިޔަފާރިކުރުން ސަރުކާރަށް ރުފިޔާ ކުއްޔައްދައްކާފައި އެހެންކަމެއް ކުރާނެ ރުފިޔާއެއް ނުހުރޭ ރަށްޔަތުމީހާ ކުރާމަސައް ކަތުންހޯދާ ރުފިޔާކޮޅުހުސް