ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ގައި ދުނިޔެއާއި އެންމެ ގާތުގައިވާ ގުރަހަ (ޕްލެނެޓް) ކަމުގައިވާ މިއްރީޚު (މާސް) ގައި އޭލިއެންގެ ބޮލެއް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ހޯދައިފިއެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ހޯދި މި އޭލިއެންގެ މޫނު ސިފަވާ މި ތަނަކީ މާސްގައި ހުރި ވަޅުގަނޑަކެވެ. ބޮޑު ދެ ލޮލެއް ސިފަވާ މި ތަނަށް ނާސާއިން ދީފައިވާ ނަމަކީ "ކްރިސްޓަލް އޭލިއެން ހެޑް" އެވެ.

މި އޭލިއެންގެ މޫނު ސިފަވާ ވަޅުގަނޑު އަކީ 1975 ވަނަ އަހަރު މާސް އަށް ފޮނުވާލި ވިކިންގް 1 އުޅަދު މާސް އަށް ޖެއްސި ދިމާ ކައިރީގައި ހުރި ތަނެކެވެ.

މި ފޮޓޯ އާއި މެދު ބަހުސް ކުރަމުންދާއިރު މި ފޮޓޯ ފުރަތަމަ ނާސާއިން އާންމު ކުރީ 2005 ވަނަ އަހަރު އެވެ.

ދުނިޔެ ހިމެނޭ މަޑިކިލަނބު (ގެލެކްސީ) ކަމަށްވާ ދަރުބު (މިލްކީ ވޭ) ގެ ހަތަރު ވަނަ ގުރަހަ (ޕްލެނެޓް) މާސްއަކީ ދުނިޔެއާ 139 މިލިއަން މޭލު ދުރުގައިވާ ޕުލެނެޓެކެވެ.

އޭލިއަނުންނަކީ އެހެން ޕްލެނެޓުތަކުގައި ދިރިއުޅޭކަމަށް އިންސާނުން ގަބޫލުކުރާ މަޚުލޫގުންތަކެކެވެ. ނާސާ އިން ބުނީ، އެމީހުންގެ މެދުގައި ސުވާލުއުފެދިފައި ވަނީ، އޭލިއަން ފެނިދާނެ ކަމާމެދު ނޫން ކަމަށެވެ. ނަމަވެސް އެ އެއްޗެހި ފެންނާނީ ކޮން އިރަކުން ކަމަށް ސުވާލު އުފެދޭ ކަމަށް ނާސާއިން ބުންޏެވެ.

ނާސާއިން އަންނަނީ އޭލިއެން ލައިފު ހޯދުމަށް އޮބްޒަވޭޓަރީތައް އިމާރަތް ކުރަމުންނެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ޔޫރޯޕާއަށް މިޝަން އެއް ލޯންޗު ކުރުމަށް ނާސާއިން ވަނީ ނިންމާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެދުރުބެ

    މިއީ ފިކުރީގޮތުން އަހަރެމެންގެ ބަދަލުކުރަން ލިޔެފައިވާ އެއްޗެއްތަ؟
    (އޭލިއަނުންނަކީ އެހެން ޕްލެނެޓުތަކުގައި ދިރިއުޅޭކަމަށް އިންސާނުން ގަބޫލުކުރާ މަޚުލޫގުންތަކެކެވެ. )

    • ބުރޯ

      ސުވާލަކީ އޭލިޔަނުން ތިބެނީ ހަމައެހެން ހޭ އެނޫން ގޮތަކަށް ވެސް ތިބަދާނެ ދޯ އަދި އެއްވެސް ބަޔަކަށް ނުފެނޭ ދޯ އެލިޔަނުން ނެއް!

  2. ސާހިބު

    ދިވެހި ބަހުން ކިޔާފަ ހުނަނަ ނަަންތަށް ހާދަ ހަޑިއޭ އެެަކަާ ނުވެސްގުޅޭ

  3. ނަން

    އެއައް ނަން ކިޔަން ކަތިލީ ކޯއްޗެއް؟

    • Anonymous

      ސުވަރެެެއް