ޗައިނާގައި އުމުރުން 3 އަހަރުގެ ތުއްތު އަންހެން ކުއްޖެއް ޖަންގްޝަން ވަޅުގަނޑަކަށް ފުންމާލުމުން ގެއްލިއްޖެއެވެ.

ޗައިނާގެ ޗަންގަން ސިޓީގައި މާމަ އާއި އެކު ސްކޫލް ނިންމާފައި ގެއަަށް ދިޔަ މަގުމަތީގައި މި އަންހެން ކުއްޖާ ހިމަ، ނަމަވެސް ފުން ވަޅުގެ ތެރެއަށް ފުންމާލި ގޮތަށް ވަނީ ގެއްލިފައެވެ. މިކުއްޖާ ހޯދުމުގެ މަސައްކަތުގައި 200 މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ކުއްޖާ މި ވަޅުށް ފުންމާލީ މި ވަޅުގައި މަތި ނުޖަހާ ހުރި ވަގުތެއްގައެވެ. ވަޅަށް ފުންމާލި ވަގުތަކީ ވަރަށް ގަދައަށް ވިއްސާރަވެ މި ޖަންގްޝަން ތެރެއިން ބޯކޮށް ފެން ދެމެމުން ދިޔަ ވަގުތަކަށް ވުމުން މިކުއްޖާ އޮޔާ އެކު އެހެން ދިމާލަކަށް ދިޔައީ ކަމަށް މި ކުއްޖާ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ. އެވަޅު ގުޅިފައި ވަނީ ވަރަށް ބޮޑެތި އިތުރު ވަޅުގަނޑުތަކަަކާއި އެވެ.

ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން ދާއިރު ކުއްޖާގެ އާއިލާއިން ވަނީ ދިރިހުއްޓާ މި އަންހެން ކުއްޖާ ފެނިދާނެ ކަމުގެ އުންމީދު މިހާރު ކަޑާލާފައެވެ.

ބައެއް ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި މި ކުއްޖާގެ ހަށިގަނޑު ވެސް ފެނުމަކީ މިހާރު ނާދިރު ކަމެކެވެ. ސަބަބަކީ އެސިޓީގެ ޖަންގްޝަން ގުޅިފައި ހުންނަނީ ސިޓީގެ ބޭރުން ގޮސް ކަނޑާއި ކަމަށް ވާތީއެވެ. އަދި ޖަންގްޝަންގެ ވަކި ހިސާބެއް ނަޖިސް ފެން ސާފު ކުރާ ޕްލާންޓަކާއި ވެސް ގުޅިފައިވެއެވެ.

ޗައިނާގައި 2017 ވަނަ އަހަރުވެސް މި ކަހަލަ ހާދިސާއެއް ހިންގާފައިވެއެވެ. އެފަހަރު ގެއްލުނު ފިރިހެން ކުއްޖެއް ވަނީ ގެއްލުނުތާ ކުޑައިރުކޮޅެއް ފަހުން ސަލާމަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފުޅި މަދު ފާހާނާ

    ވަރަށް ހިތާމަވެރި ހަބަރެއް.... ރޮވިއްޖެ...

    18
    2