ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެންމެފަހުން ޗުއްޓީ ހޭދަކުރި ގްރީސްގެ ވެސްްޓިން ރިސޯޓުގައި އޭނާއަށް ހިދުމަތް ދޭން އުޅުނު ކޮންމެ މުއައްޒަފަކަށް 18،000 ޕައުންޑް ދިން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ގްރީސްގެ ކޮސްޓާ ނަވަރީނޯގައި ހުންނަ ފަސް ތަރީގެ ރިސޯޓުގައި ރޮނާލްޑޯއާއި އޭނާގެ ލޯބިވެރިޔާގެ އިތުރުން ހަތަރު ދަރިންވެސް ޗުއްޓީ ހޭދަކޮށްފައި ވަނީ ރެއަކަށް 7،000 ޑޮލަރު ދައްކަން ޖެހޭ ސޫޓެއްގައެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުވެސް ރޮނާލްޑޯ އެ ހޮޓެލްގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. އަދި ކައިރީގައި މަސައްކަތް ކުރާ ހުރިހާ މުއައްޒަފުންގެ ކިބައިންވެސް އޭނާ އެދިފައި ވަނީ "ޕަޕަރާޒީން"ގެ އުނދަގުލުން ސަލާމަތް ކޮށްދިނުމަށެވެ.

މިއަހަރު ރޮނާލްޑޯ ހޭދަކުރި ޗުއްޓީގެ އެއްވެސް ވަގު ފޮޓޯއެއް ލީކުވެފައި ނުވުމާއެކު، އެކަމާ ރޮނާލްޑޯ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރި ކަމަށް މީޑިއާތަކުން ބުނެއެވެ. ދެ ގޮލްފް ކޯސްގެ އިތުރުން އެތައް ސުވިމިން ޕޫލައެކު ހަދާފައިވާ ރިސޯޓުގައި ރޮނާލްޑޯ ގިނަ ވަގުތު ހޭދަކުރި އިރު، އޭނާ ވަނީ ލަގްޒަރީ ޔޮޓެއްވެސް ޗުއްޓީއަށް ކުއްޔަށް ހިފާފައެވެ.

ޔުވެންޓަސްއަށް މިދިޔަ ސީޒަންގައި ކުޅުނު ރޮނާލްޑޯ ވަނީ މުހިއްމު ގޯލްތަކެއް އެޓީމަށް ޖަހައިދީފައެވެ. އެ ޓީމާއެކު ލީގު ހޯދި ނަމަވެސް، މައިގަނޑު ޓާގެޓް ކަމަށްވާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ޓާގެޓް ވެފައެއް ނުވެއެވެ. ޔުވެންޓަސްގައި މިދިޔަ ސީޒަނުގައި ހުރި ކޯޗު، މެސިމިލިއާނޯ އަލެގްރީ އެޓީމު ދޫކޮށްލާފައިވާ އަލަށް ހަވާލުވީ މައުރީސިއޯ ސާރީއެވެ.

ސާރީ ވަނީ ރޮނާލްޑޯ ޗުއްޓީގައި ހުއްޓާ ގޮސް ޔޮޓުގައި ބައްދަލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަނދާންވަނީ

    އޭނަގެ އަތުން އެންމެ ކޮއިން އެއްވެސްނުދާނެ!

    18
    4
  2. މާމިގިލީ މީހާ

    ސަޒޫ އަށް ވެސް 18000 ޕައުންޑު ލިބުންތަ.

    7
    2
  3. އަލީ12

    ފްލޯކް..
    ދުވާލަކަށް7000 ޑޮލަރު ހޮޓަލައް..
    18000 ޕައންޑް ކޮންމެ ސްޓާފް އަކަށް؟.
    ކުޅުމުގަ މާބޮޑު ކަމެއް މިފަހަރު ނުދެއްކުނީމަ މަޝްހޫރުވާން ކޮށްލި ކަމަކަށްވާނީ..

    1
    4
    • We

      އަލީ12، ކަލެއަށް ވުރެ މިހާރު ވެސް މަޝްހޫރު ވެސް ވާނެ