މޭގަން މާކެލް އާއި ޕްރިންސް ހެރީގެ ފުރަތަމަ ދަރިފުޅު އާޗީގެ އުމުރުން ހަ ހަފްތާ ވީއިރު މިހާތަނަށް ދަރިފުޅު ބެލުމަށް ގެނައި ދެމީހުން ވެސް ކަމުނުގޮސްގެން އެދެމީހުން ވަޒީފާ އިން ވަކިކޮށް ތިން ވަނަ މީހަކު ދަރިފުޅު ބަލަން ގެނެސްފިއެވެ.

މޭގަން އާއި ހެރީ އަށް ޚިދުމަތް ކުރަން ގަނޑުވަރު ތެރޭގައި އުޅުނު ވަރަށް ސީނިއާ ގިނަ އަދަދެއްގެ މުވައްޒަފުން މީގެ ކުރިން ވެސް ވަޒީފާ އިން ވަކިވެގެން ގޮސްފައި ވެއެވެ.

މައުލޫމާތު އެނގޭ ފަރާތަކުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ މޭގަން އާއި ހެރީގެ ދަރިފުޅު ބަލަން ގެނައި މީހުން ވަޒީފާ އިން ވަކިކޮށް ތިން ވަނަ މީހަކު ގެނެސްފައި ވަނީ ތުއްތު އާޗީ އަށް އެންމެ ރަނގަޅަށް ހިދުމަތް ދިނުމަށް ކަމަށެވެ.

"ފުރަތަމަ ގެނައީ ރޭގަނޑުގެ ވަގުތައް ހާއްސަ ނަރުހެއް. ތުއްތު ދަރިފުޅުގެ ދިރިއުޅުމުގެ ސްޓޭޖްތަކަށް އަންނަ ބަދަލުތަކާއި އެއްގޮތައް ވަޒީފާ އަދާކުރާ މީހުން ބަދަލު ކުރަނީ." ނަން ހާމަކުރަން ބޭނުންނުވާ މީހަކު ބުންޏެވެ.

އާޗީ ބެލެހެއްޓުމަށް ތިން ވަނަ އަށް ވަޒީފާ ދީފައިވާ މީހަކީ ވެސް ވަގުތީ ގޮތުން އެމަގާމަށް ގެނެސްފައިވާ މީހެކެވެ.

ހެރީގެ ދަރިފުޅު ބެލުމުގެ ޒިންމާ ހަވާލު ކުރާ މީހުން އަވަސް އަވަހަށް ބަދަލު ވަމުން ދާއިރު ހެރީ އާއި ވިލިއަމް 1993 ވަަނަ އަހަރުން ފެށިގެން 1999 ވަނަ އަހަރާއި ހަމައަށް ބެލެހެއްޓީ އެންމެ މީހެކެވެ. އެއީ ޓިގީ ނަމަކަށް ކިޔާ އަންހެނެކެވެ. މިހާރު ވެސް ވިލިއަމް އާއި ހެރީ ޓިގީ އާއި ގުޅުން ބާއްވައެވެ.

މޭގަން ހެރީ އާއި ކައިވެނި ބައްލަވައި ގެންނެވި ފަހުން ހެރީއަށް ހިދުމަތް ކުރުމުގައި އެތައް އަހަރަކު ގަނޑުވަރު ތެރޭގައި އުޅުނު މުވައްޒަފުން ވަނީ ވަޒީފާ އިން ވަކިވެފައެވެ.