ވިހަގަދަ ހަރުފައެއް ހަމަލާ ދިނުމުގެ ސަބަބުން ބަދަލު ހިފުމުގެ ގޮތުން އެ ހަރުފަގެ ގައިގާ ދަތް އެޅި މީހާއަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

އުމުރުން 60 އަހަރުގެ ޕަރްވަތް ގަލާ ބަރިއާ މަރުވީ މިދިޔަ ހަފްތާ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ޕަރްވަތްއަށް ފުރަތަމަ ހަމަލާދިނީ އެ ހަރުފައެވެ. އެ ހަރުފަ ޕަރްވަތްގެ އަތުގައި އާއި މޫނުގައިވެސް ދަތްއެޅިއެވެ. އެކަމާއި ބަދަލު ހިފުމުގެ ގޮތުން ޕަރްވަތް އެ ހަރުފައިގެ ހަށިގަނޑުގައި ދަތް އެޅިއިރު، އެ ހަރުފަވެސް މަރުވެފައިވާކަމަށް ވެއެވެ.

އަދި ޕަރްވަތް ލުނަވަޑާ ހޮސްޕިޓަލަށް ފަރުވާދޭން ގެންދިޔައިރު، އޭނާ މަރުވެފައި ވަނީ ވިހައިގެ ސަބަބުން ކަމަށް ވެއެވެ.

މި ހާދިސސާ ހިނގާފައި ވަނީ ޕަރްވަތް އާއި އެހެން ބަޔަކު ޓްރަކައަކަށް އެއްޗެހި ތަކެއް ލޯޑް ކުރަން ތިއްބާއެވެ. އެތަނުން އެ މީހުންނަށް ހަރުފަ ފެނުމުން ޕަރްވަތް ފިޔަވާ އެންމެންނަށް އެ ސަރަހައްދު ދޫކޮށް ދުރަށް ދިޔައެވެ. ޕަރްވަތް އެ ހަރުފަ އަތަށް ނެގުމުން އެ ހަރުފަ ޕަރްވަތްގެ ގައިގާ ދަތް އެޅީއެވެ. އެކަމާއި ބަދަލު ހިފުމުގެ ގޮތުން ޕަރްވަތް އެ ހަރުފަ ގައިގާ ވަރަށް ބޮޑަށް ދަތްއެޅި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Ali beyyaa

    Gabooleh nukuran, harufa vihaleema maruveekamah gaboolu kyraanee. Molhu vaahaka nuluyeba