އެމެރިކާގެ ސިއްރުން ފޮރުވިފައިވާ "އޭރިއާ 51" އަށް ވަންނަން ފޭސްބުކްގައި ހަދާފައިވާ އިވެންޓަށް މިހާތަނަށް 1.5 މިލިޔަން މިހުން ދާނެ ކަމަށް ބުނެފިއެވެ.

ރިޕޯޓް ތަށް ބުނާ ގޮތުން އޭރިއާ 51 އަށް ވަންނަން މިހާތަނަށް 1.5 މިލިޔަނަށްވުރެ ގިނަ މީހުން ވަނީ ފޭސްބުކް ގައި ރާވާ މި އިވެންޓުގައި ބައިވެރިވާނެ ކަމަށް ބުނެފައެވެ. މި އިވެންޓް ބާއްވަން ރާވަމުން ދަނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

އެމެރިކާގެ “އޭރިއާ 51” އަކީ އާންމުންނަށް ވަނުންް މަނާ އަދި އެތަނަކާ ބެހޭގޮތުން އެގައުމުގެ ސަރުކާރުން ދީފައިވާ މަދު މައުލޫމާތުން ގިނަ ބައެއްގެ މެދުގައި އެކި ކަހަލަ ވާހަކަތަކެއް އުފެދި ސިއްރިޔާތުން ފުރިފައިވާ ބޮޑު ސަރަހައްދެކެވެ.

އޭރިއާ 51 ސިއްރިއްޔާތުގައި އާންމުންނަށް ނުވަދެވޭ ސަރަހައްދެއްގެ ގޮތުގައި އޮތުމުގެ ސަބަބުން މިއަދާ ހަމައަށްވެސް އެކި މީހުންގެ ތެރޭގައި ތަފާތު ވާހަކަތަށް ދެކެވެއެވެ. އޭރިއާ 51 ބެހޭގޮތުން އެކި ވާހަކަތައް ހުރި އިރު އެެންމެ ބޮޑަށް ފާހަގަކޮށްލެެވޭ އެއްވާހަކައީ 1947 ވަނަ އަހަރު ގޮތްނޭނގޭ އުދުހޭ އުޅަނދެއް ނުވަތަ ޔޫއެފްއޯއެއް ނިއު މެކްސިކޯގެ ރޮސްވެލް ސިޓީގެ ސަރަހައްދަކަށް ގޮވި ހާދިސާއެއްގައި މަރުވެފައި އޮއްވާ ފެނުނު ކަމަށްބުނާ ބައެއް އޭލިއަނުންނާއި އެއުޅަނދު އޭރިއާ 51 ގައި ފޮރުވައިގެން ބާއްވާފައިވާ ކަމަށްބުނެ ދެކެވޭ ވާހަކަތަކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އ. ޖ. އ

    އދޭބަލަ އޭލިއަން ފޮޓޯ ނަގަމް

    3
    1
  2. ރަޝިޔާ އީރާން ޗައިނާ

    މަ ދާނަން ތިތަން ބަލައިލަން...

  3. ާއޭލިއަން

    ކޮބާ؟ނެއްތަ އޭރިޔާ 51 އަށް ދާނެކުއްޖެއް؟

  4. ޢަލީ

    ޢެމް އެޗް ފްލައިޓް އަދި އެހެނިހެއް ހަގީގަތޤ ނޭގޭ ގިނަކންތައް މިތާގަ ފޮރުވިފަި އެބަހުރރި ދަތުރު ކުރި އެންމެންވެސް އެތާގަ އެބަތިބި

  5. މޯދީ

    މޯދީ ވެސް އަޅުކަން ކުރަން ގޮސް ނިދަން ވަންނަ ތަނެކޯ މީ... ނަތަންޔާހޫ އާއި ދެމީހުން.