ދިވެހިރާއްޖޭގެ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް މިނިސްޓަރުގެ ނަމަކީ "އަމީރު މަގު" ކަމަށް ބުނެ ސީޝޭލްގެ މީޑިއާތަކުން ޚަބަރު ގެނެސްދީފިއެވެ.

ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް މިނިސްޓަރު އަހްމަދު މަހްލޫފްގެ ނަން އޮޅިގެން ސީޝެލްގެ މީޑިއާތަކުން މިނިސްޓަރުގެ ނަމުގެ ގޮތުގައި ބޭނުން ކޮށްފައި ވަނީ މިނިސްޓްރީގެ އޮފީސް ހުންނަ މަގުގެ ނަމެވެ.

މިއޮޅުން އަރާފައި ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖެ އިން ކޮށްފައިވާ ބިޑަށް ތާއިދު ހޯދުމަށް މިނިސްޓަރ މަހްލޫފް ސީޝެލް އަށް ވަޑައިގެން މީޑިއާތަކަށް ދެއްވި މައުލޫމާތައް ޚަބަރު ގެނެސްދިން އިރުއެވެ.

ރާއްޖެ އާއި ސީޝެލްސް އިން ޒުވާނުންނާއި ގުޅުން ހުރިކަންކަމާއި ސަގާފީ ގުޅުންތައް ބަދަހި ކުރަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވުމުން މީޑިއާތަކުން ރިޕޯޓް ކޮށްފައި ވަނީ އެހެން ވިދާޅުވީ "އަމީރު މަގު" ކަމަށެވެ.

މިނިސްޓަރ މަހްލޫފްގެ ނަން ސީޝެލްގެ މީޑިއާތަކަށް އޮޅުނު ނަމަވެސް އެގައުމުގެ މީޑިއާތަކުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ނަން ބޭނުން ކޮށްފައި ވަނީ ރަނގަޅަށެވެ.

ސީޝެލްސްގެ މީޑިއާތަކަށް ރާއްޖޭގެ ޔޫތު މިނިސްޓަރުގެ ނަން އޮޅިފައި ވާތީ އެ ޚަބަރުތަކުގެ ސްކްރީން ޝޮޓްތައް މީސް މީޑިއާގައި މިހާރު ދަނީ ދައުރު ވަމުންނެވެ. ނަމަވެސް އަދިވެސް އެއްވެސް މީޑިއާތަކުން އެޚަބަރު ރަނގަޅު ކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ އެންމެ ބޮޑެތި މީޑިއާތައް ކަމަށްވާ ވޮޝިންޓަން ޕޯސްޓާއި، ސީއެންއެން، ބީބީސީ ފަދަ މީޑިއާތަކުގައި ވެސް ލިޔުމުގައި ކުށް ލިޔެވިގެން މީޑިއާގެ ސަމާލުކަމަށް އެތައް ޚަބަރެއް މީގެ ކުރިން ވެސް އައިސްފައިވެއެވެ. ވޮޝިންޓަން ޕޯސްޓުން ކޮންމެ އަހަރަކު އެމީހުންނަށް ލިޔެވޭ ބޮޑެތި ޓައިޕިން އެރޯތައް އަހަރު ނިމުމުން ހާމަ ވެސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބުންބެ

    އަމީރުމަގުނުން. ބީރުބޯ މީނާއަށް ކިޔަންވީ.

    59
    1
  2. މާލެ

    މީނަޔައްކިޔަންވީ ވަކަރުގެ

    48
    1
  3. ގުއިދައިތަ

    ނަސީބެއްނު މިނިސްޓަރ ރީލޯޑޭ ނުޖެހިކަން.

    30
    1
  4. ނަނގިލި

    އަމީރުވަގު . ހެއްހެއްހޭ.އެމީހުންވެސް އަމީރުވަގު ކީމަކަންނޭގޭ އަމީރުމަގު ކިއުނީ.

    28
    1
  5. އައި

    އަމީރު ވަގު ނޫންތަ؟؟؟

    29
    1
  6. ރަސީ

    ބީރު ބޮލެއް ނޫން. ދަތުރު ބޯ

    24
    2
  7. އަޙްމަދު

    ނަސީބެއްނުން މީނާއަށް "ފިތުނަ" "ދޮގުބޭ" ނުކީކަން!

    29
    1
  8. ނަވާރަ

    އޭ އަމީރުމަގު ފައްކާނަމެއްދޯ

    22
  9. ފައިވާން

    ދެން ކަލޭމެން އަނެއްކާ ނުޖަހާތި ރިންގުރޯޑުގެ ޝަރީއަތް ފަށައިގެން އެބައުޅެއޭ.

    11
    3
  10. ފިކުރީ

    މީނައަށް ކިޔަންވީ ހަސަދަވެރިކަލޭގެ.

  11. ހުސޭނުބޭ

    ތިއީ އަމީރު ވަގު! މުޅި ދުނިޔެއިންވެސް ފާހަގަކުރެވޭ ރަތްލާޖެހި ވަގެއް ތިއީ!

  12. Anonymous

    ސަގާފީ ކުޅިވަރުގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގުން ފަދަ ކަންކަން ލާދީނީ ސަރުކާރުގައި ކުރާނެ އަދި ލާދީނީ މީޙުނައް ކަންކަން މަގުފަހިވެގެންދާނެ