ބުޅަލަކީ އާންމުކޮށް ގިނަ ބަޔަކު ގޭތެރޭގައި އޮޅުކޮށްގެން ގެންގުޅެން ވަރަށް ލޯބިކުރާ ޖަނަވާރެކެވެ. ބުޅަލަކީ ގެންގުޅެން ފަސޭހަ އަދި މަޖާވެސް ޖަނަވާރެއްކަމުގައިވާއިރު ބުޅަލަކީ އޭގެ ސަބަބުން އޭގެ ވެރިމީހާއަށް އެތައް ގޮތަކުން ފައިދާކުރުވާ އެއްޗެއްވެސްމެއެވެ.

އެކަމަކު ބުޅަލަަށް ކަމޭހިތައިގެން މީހަކަށް ބޮޑު އަދަބެއް ލިބިދާނެ ހެއްޔެވެ. ކަންވީ މިހެންނެވެ. އެމެރިކާގެ އޮހިއޯ ސްޓޭޓްގެ އުމުރުން 79 އަހަރުގެ ނަންސީ ނެގުލާ އަކީ ބުޅާ ދެކެ ނުހަނު ލޯބިވާ މީހެކެވެ.

ނަންސީ ނެގުލާ ދިރިއުޅެމުންދާ ގޭގެ ކައިރީގައި ދިރިއުޅޭ އަވައްޓެރިއަކު ގިނަ އަދަދެއްގެ ބުޅާތަކެއް ގެންގުޅެއެވެ. އެއް ދުވަހަކު އެގޭގެ މީހުން އެހެން ތަނަކަށް ބަދަލުވާން ދިޔައީ އެމީހުން ގެންގުޅުނު ހުރިހާ ބުޅަލެއް ދޫކޮށްލާފައެވެ.

ނަންސީ ދިރިއުޅެމުންދާ ސަރަހައްދަކީ އާންމު ގޮތެއްގައި ގިނަ އަދަދެއްގެ ކުއްތާ ތަކެއްވެސް އުޅޭ ސަރަހައްދެއް ކަމުން އެ ސަރަހައްދުގައި ދިރިއުޅޭ އެތަށް ބަޔަކު އުނދަގޫ ވެގެން އެ މައްސަލަ ޖައްސައެވެ.

އަވެއްޓެރިޔާ ދޫކޮށްލާފައި ދިޔަ ބުޅާތަކަށް ލޯބި ޖެހި ނަންސީ ވަނީ އެބުޅާ ތަކަށް ކޮންމެ ދުވަހަކު ގޮތަކަށް ކާން ދޭން ފަށާފައެވެ. ހުރިހާ ބުޅާތައް ކޮންމެ ވަގުތަކު ވެސް ކާން އެއްސަރަހައްދަށް އެއްވުމުގެ ސަބަބުން ކައިރި އަވަށްޓެރިން ވަނީ ނަސީގެ ސަބަބުން އެމީހުން ދިރިއުޅޭ އަވަށުގައި ބުޅާ އާދަޔާ ހިލާފަށް ގިނަ ވެއްޖެއް ކަމަށް ބުނެ މައްސަލަ ޖައްސާފައެވެ.

ނަސީއަށް އެންމެ ފަހުން ބުޅާ ތަކަށް ކާންދިނުން ހުއްޓާލަން އެންގިއެވެ. ނަމަވެސް އެންގުމަށް އަމަލު ނުކުރުމުން އޭނާއަށް ވަނީ 10 ދުވަހުގެ ޖަލު ހުކުމަކާއި ދާދިފަހުން ކުރިމަތިލާފައެވެ.

ބުޅާ އޮޅުކޮއްގެން ގެންގުޅުމަކީ މިހާރުވެސް އަދި ކުރިންވެސް ކުރަމުން އަންނަ ކަމެކެވެ. ބުޅާ ވަނީ މުޅި ދުނިޔޭގައިވެސް އެންމެ މަގުބޫލު އެއް ޕެޓްގެ މަގާމު ހޯދައިފައެވެ.

ދިރާސާއަކުން ދައްކާ ގޮތުގައި ބުޅާގެ އިތުރުން އެހެނިހެން ޖަނަވާރުތައްވެސް އޮޅުކޮއްގެން ގެންގުޅުމަކީ ސްޓްރެސް ކުޑަކޮށްދީ މީހާގެ ނިދި ހަމަކޮށްދޭ ކަމެއް ކަން ވަނީ ސާބިތުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު