އާއްމުންގެ މެދުގައި އާލިޔާ ބަޓްގެ މަޤުބޫލުކަން އިތުރުވިތަނާހެން ކުރިއަށް ގެންދިޔަ "ކޮފީ ވިތު ކަރަން" ގެ އެޕިސޯޑެއްގައި، އާލިޔާގެ ގާތުގައި އިންޑިޔާގެ ރައީސްއަކީ ކާކުތޯ އެހުމުން، އޭނާއަށް އެސުވާލު ނޭނގުމުން އެތައް ބަޔަކު އެކަމާ ޖޯކު ޖެހިއެވެ. ބެލުންތެރިންގެ މެދުގައި މަޤުބޫލު މީހަކަށް އަދި ޤައުމުގެ ރައްޔިތަކަށް އެވަރު އެނގެން ޖެހޭނެކަމަށް އެތައް ބަޔަކު ބުނަމުން ދިޔައެވެ.

އަނެއްކާވެސް، ބޮލީވުޑުގެ މަޝްހޫރު ތަރިއަކަށް އެފަދަ ކަމެއް ވަނީ ދިމާވެފައެވެ. އެކްޝަން މަންޒަރުތައް ކުޅުމުން އެތައް ބައެއްގެ ހިތް އަތުލާފައިވާ ޓައިގަރ ޝްރޮފް އަށް، އިންޑިޔާގެ ރައީސަކީ ކާކުތޯ ސުވާލުކުރުމުން، އޭނާއަށްވެސް އެސުވާލުގެ ޖަވާބެއް ނޭނގުނެވެ.

އިންޓަވިއުއެއްގެ ތެރެއިން ޓައިގަރ އަށް މި ސުވާލުކޮށް، އެނާއަށް ޖަވާބު ނޭނގުމުން، މީސް މީޑިޔާގައި އެކި ފަރާތްތަކުން ދަނީ އެކި ގޮތަށް ވާހަކަ ދައްކަމުންނެވެ. އަދި، މިއީ އާލިޔާއަށް ކުރިމަތިވި ކަންކަމަށް ބުނެ، އެވާހަކަވެސް އެތައް ބަޔަކު ދަނީ ދައްކަމުންނެވެ.

ޓައިގަރ އަށް ވެސް މި ޖަވާބު ނޭނގުނުއިރު، އިންޑިޔާގެ ޤާނޫނާއި އިދާރީ އޮނިގަނޑު ހަމަޖެހިފައިގޮތުން އެޤައުމުގެ ރައީސްގެ މަޤާމަކީ ޖުމުލަކޮށް ރަމްޒީ މަޤާމެކެވެ. ސަރުކާރު ހިންގާ، ޤައުމު ތަމްސީލުކުރުމުގެ މައިގަނޑު މަސައްކަތް ކުރާ ފަރާތަކީ ބޮޑުވަޒީރެވެ.

އިންޑިޔާގެ މިހާރުގެ ރައީސަކީ ރާމް ނާތު ކޮވިންދެވެ. ބޮޑުވަޒީރަކީ ނަރެންދުރަ މޯދީ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހެޔޮ ކޮންމެ މީހަކަސް