ކެންޔާގެ ގާނުނު ހަދާ މަޖިހީލުގައި މައްސަލަ އަކަށް ބަހުސް ކުރަމުން ގެންދިޔަ ދަނޑިވަޅެއްގައި މެމްބަރަކު ޖެހި ފޮޑި އެއްގެ ސަބަބުން އެހެން މެމްބަރުންނަށް މާ ބޮޑަށް އުނދަގޫ ވެ މަޖިލިސް މެދު ކަނޑާލައިފިއެވެ.
މި ހާދިޘާ ހިނގި ވަގުތު 2 މެމްބަރެއް ދެމެދު ވަނީ ވަރަށް ބޮޑަށް މައްސަލަ ހޫނުވެ، ޒުވާބު ކުރާ ހިސާބަށް ކަންތައް ގޮސްފައެވެ. އެއް މެމްބަރަކު ތެދުވެފައި ބުނީ ތަނުގެ ވަސް ވަރަށް ނުބައި ވެއްޖެ ކަމަށާއި، އެކަން ކުރި މީހާ ވެސް އެނގޭ ކަމަށެވެ.

މިހެން ބުނުމާއި އެކު އެކަން ރައްދު ކުރި މެމްބަރު ވަނީ މަޖިލިސް ތެރޭގައި އޭނާ އެފަދަ ކަމެއް ނުކުރާނެ ކަމަށް ބުނެ އެކަމަށް އިންކާރު ކޮށްފައެވެ. ވައި ސާފު ކޮށްލަން މަޖިލީހުގެ ރައީސް ކުޑަ ވަގުތު ކޮޅެއް ދީ، މަޖިލިސް މެދު ކަނޑާލުމުން އެ ދެ މެމްބަރުން ވަނީ އެކަކު އަނެކާގެ ބޮލަށް މިކަން ޖަހައިފައެވެ.

ކެންޔާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މަޖިލީހުގެ ރައީސް ވަނީ ވަގުތުން އެއާ ފްރެޝްނާވެސް މުޅި މަޖިލީހަށް ޖެހުމަށް އަންގާފައެވެ. ނަމަވެސް އެކަން ކުރުމުގެ ކުރިން ވަސް ގަނޑު ވަނީ ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކެލްބެ

  ތިވީ ވަރަށް ދެރަކޮށް

 2. ފަޚުރުރާއްޖެ

  މިގައުމުގެ އަންނި ރައީސްނަމަ ތިޔަށްވުރެ މާ މިނިވަން މާޙައުލެއް އޮންނާނީ: ވަސްބަލަން މީހުންނަށް ވަސްބެލޭނެގޮތެއް، އަދި ވަސްބަލަން ބޭނުން ނުވާމީހުންނަށް ވަސް ނުބެލޭނެ ގޮތެއް ހަމަޖައްސަވައިދެއްވީސް

  13
  1
 3. އަޒީލް

  ރާއްޖެގައިވެސް މެމްބަރުން އެބަޖެހޭ ތިކަހަލަ ފޮޑިޖަހަން.. ގައިމު ކޮންމެވެސް މަސައްކަތެއް ކުރިކަމައ ވަނެތާ..

  13
 4. ބޯވަ

  ހައްހައްހާ ހާދަ މަޖަލޭ