ރާއްޖޭގެ އެކި ރަށްތަކުގައި އީދު އެކި ގޮތްގޮތަަށް ފާހަގަކުރަމުންދާއިރު، އީދާއި ގުޅުވައިގެން ކޮންމެ ރަށެއްގައިވެސް ޝޯވތައް ބާއްވައެވެ. ރަށުގެ ޒުވާނުންނާއި ރަށުން ބޭރު މަޝްހޫރު ތަރިން ގެނެސްގެން ނެށުމުގެ ހަރަކާތްތައް ދައްކާލައެވެ.
މިއީ އަބަދުހެން ދިވެހިންގެ ތެރޭގައި އޮންނަ ކަމަކަށްވާއިރު، މިފަދަ ޝޯވތަކުގައި އަބަދު އެއް ލަވައަކަށް ނަޝާ ކަމަށް ދިވެހިންގެ ބަޔަކު މީސް މީޑިއާގައި ދައްކާފައި ވެއެވެ. ފިތުރު އީދުގައި އެންމެ މަޝްހޫރީ ދިލްބަރް ދިލްބަރު ކަމަށް ގިނަ ބަޔަކު އެއިރު ބުންޏެވެ. މިފަހަރު އެންމެ މަޝްހޫރީ ސަކިސަކި ލަވައެވެ.
ދިވެހިންގެ ތެރޭގައި ގިނަބަޔަކު ނަށާ އުޅެނީ ހިންދީގެ އެންމެ ފޯރިގަދަ ލަވަތަކަށެވެ. ބައެއް ޒުވާނުން ދިވެހި ލަވަތަކަށް ނަށާ އުޅޭއިރު، އާއްމުކޮށް ދިވެހި ލަވަތަކުގެ ތެރެއިން ގިނައިން ނަށާ އުޅެނީ މަޑުމައިތިރި ދިވެހި ވަންތަ ކުރީގެ ލަވަތަކަށެވެ.
މިފަހަރު އީދުގައި އެންމެ ގިނައިން ނެށި ލަވަތަކުގެ ލިސްޓު
1 ސަކި ސަކި
2 ދިލްބަރް ދިލްބަރް
3 ފެންކުޅި ކުޅެލަން
4 ކުރިއަރުވާ ގައުމު ހިދުމަތުގައި
5 ލަޓް ލަގް ގައީ
މި ލަވަތަކަކީ މިހާރު އީދުގެ ޝޯވތަކުގައި އެންމެ ހިނގާ ލަވަތަކެވެ.
ކޮބާ ފެހިފެހި އާބާދީ؟
އާޒާދީ އެއްނޫންތަ؟؟؟
ކޮބާ މުންގްޑާ؟؟