އިންޑިއާގެ ސިފައިނަށާއި އިންޑިއާގެ ސަރުކާރަށް ހިއްވަރުދީ ކުރި ޓުވީޓަކާއި ގުޅިގެން ބޮލީވްޑާއި ހޮލީވްޑްގައި ވެސް މަޝްހޫރު އިންޑިއާގެ އެކްޓްރެސް ޕްރިޔަންކާ ޗޯޕްޅާ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރުގެ މަގާމުން ވަކި ކުރަން ޕާކިސްތާނުން ގޮވާލައިފިއެވެ.

ޒިންމާދާރު މަގާމެއްގައި ހުރެ މިފަހަރުވެސް ޕްރިޔަންކާ އިންޑިއާއަށް ހިތްވަރުދިން އިރު ކަޝްމީރުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާންގެ ގުޅުން ވަނީ ގޯސްވެފައެވެ.

ޕާކިސްތާނުގެ އިންސާނީ ހައްގުތަކާއި ގުޅޭ މިނިސްޓަރ ޝީރީން މަޒާރީ ވަނީ އދ އަދި ޔުނިސެފް އިން އެހާ ޒިންމާދާރު މަގާމުތަކަށް ޕްރިޔަންކާ ފަދަ މީހުން ނުލުމަށް އެދިފައެވެ. އަދި ޕްރިޔަންކާ އިންޑިއާގެ ސިފައިނަށާއި އިންޑިއާގެ ސަރުކާރަށް ހިއްވަރުދީ ކުރި ޓުވީޓަކީ އިންސާނީ ހައްގުތަކަށް ކުރި ބޮޑު މަލާމާތެއް ކަމަށާއި ޕްރިޔަންކާ ގުޑްވިލް އެމްބެސެޑަރުގެ މަގާމުން ވަކި ކުރަން ވަނީ އެދިފައެވެ.

މީގެ ކުރިން މިދިޔަ ފެބްރުއަރީ މަހު ޕާކިސްތާނުގެ ހަނގުރާމަވެރިން އިންޑިއާ ސިފައިންގެ ބަޔަކު މަރާލުމާ ގުޅިގެން ޕާކިސްތާނަށް ދިން ހަަމަލާތަކުގެ ދިފާއުގައި ޕްރިޔަންކާ ޗޯޕްޅާ ޓްވީޓްކުރުމުން އޭނާ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރުގެ މަގާމުން އޭނާ ވަކިކުރަން ގޮވާލައި، ޕާކިސްތާނުގައި އޮންލައިން ޕެޓިޝަނެއްގައި ސޮއިވެސް ކުރިއެވެ.

މީގެ އިތުރުން ދާދިފަހުން އެމެރިކާގެ ލޮސްއެންޖެލިސްގައި އޮތް އިވެންޓެއްގައި ޕްރިޔަންކާ ޗޯޕްރާ ވަނީ ޕާކިސްތާނާއި އިންޑިއާ އިން ހަނގުރާމަ ކުރަން ހިތްވަރުދީފައެވެ.

މި އިވެންޓުގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޕްރިޔަންކާ ބުނީ އޭނާ އަކީ އެއްވެސް ބަޔަކު ހަނގުރާމައެއް ކުރަން ބޭނުންވާ މީހެއް ނޫންކަމަށާއި ނަމަވެސް އޭނާ އަކީ ވަރަށް ގައުމީވަންތަ މީހެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހާދަރު

    ވ ޤައުމީ މީހެއް. ތިމަންޖެ މޫނައް އެސިޑު އެޅި މީހާ ގެ ބޮޑާ ކަމާ ކިބުރުވެރިކަން ނެތި ދާނެ

  2. ޖަހާންގީރު

    ގެރި ހިންދޫންނަކީ އަބަދުވެސް ހަނގުރާމައަށް ހިތްވަރުދޭ ބައެއް އޭގަ ނޯންނާނެ ބުރިއަންކާއެއް އެހެން ޗައުދަރީއެއް

    13
    1
  3. ނޯޑައުޓް

    މަށަށް ހީވަނީ ގެރި ލޯބީގައި ޖެހި މީނަގެ ތަރިއޮއްސި މީނާގެ ކަންތައް ހަމަވާން ކަރިވަނީހެން..

    18
    1