ޒަމާނަށް އަންނަ ބަދަލާއެކު ފިލްމުތަކެކޭ އެއްވަރަށް ޓީވީ ސީރީޒްތަށްވެސް ދަނީ ފެންވަރު ރަގަޅުކޮށް އުފައްދަމުންނެވެ. އެގޮތުން މިހާރު ދިވެހިންގެ ހިތްތައް ދަމައިގެންފެއިވާ އަދި ފޫހިކަމެއް ނެތި ބަލަމުންދާ އެއް ސީރީޒްއަކީ ސްޕެއިންގެ މަގުބޫލު ސިލްސިލާ "މަނީ ހައިސްޓް" އެވެ.

2017 އިން ފެށިގެން ނެޓްފްލިކްސްއި ގެނެސްދޭންފެށި ކްރައިމް ޑްރާމާ މަނީ ހެއިސްޓްއަކީ ގޮތް ނޭގޭ މީހަކަށް ކުއްވެރިތަކެއް ފަސްމަސް ވަންދެން ޓްރެއިންކޮށް، 2.4 ބިލިއަން ޔޫރޯ ބޭންކަކުން ވަގަށް ނެގުމަށް ކުރާ މަސައްކަތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޝޯއެކެވެ. އެގޮތް ނޭނގޭ މީހާއަށް ޝޯގައި ކިޔަނީ ޕްރޮފެސާއެވެ.

އެގޮތުން މީސް މީޑިއާގައި ހާއްސަކޮށް ދިވެހި ޒުވާނުން އެންމެ ގިނައިން ޝެއާ ކޮށް، ދައްކަނީ ވެސް މި ސީރީޒްގެ ވާހަކައެވެ.

މި ވާހަކަތަކަށް ބާރުދޭ އެއް ހެއްކަކީ ނިމިދިޔަ ބޮޑު އީދުގެ ކުޅިވަރުތަކުގެ ތެރެއިންވެސް މި ސީރީޒްގެ ކޮސްޓިއުމްތައް ފެނިގެން ދިއުމެވެ

އީދު ކުޅިވަރުގެ ތެރެއިން

ނެޓްފްލިކްސް އިން ގެނެސްދޭ މި ސީރީޒްގައި ކުއްވެރިންގެ އެ ޓީމުން ވަގަށް ނަގަން ޖެހެނީ ބޭންކުގެ ފައިސާއެއް ނޫނެވެ. އެމީހުންނަށް ޖެހެނީ ބޭންކުގެ ތިޖޫރީގައި ހޮސްޓޭޖްތައްވެސް ހިމެނޭ ގޮތަށް އެގާރަ ދުވަސްވަންދެން ތަޅު ލެވިގެން ރުފިޔާ ޗާޕުކުރުމަށެވެ. ޕްރޮފެސާ ހުންނަނީ ބޭރުގައި ހުރިހާ ކަމެއް މޮނިޓާ ކޮށް ފުލުހުން މެނިޕުލޭޓްކޮށް އޮޅުވާލުމަށެވެ.

މަނީ ހައިސްޓްގެ އެންމެ މަގުބޫލު ލަވަ، "ބެއްލާ ޗާއޯ، ބެއްލާ ޗާއޯ"އަމީ މިހާރު އެންމެ ގިނައިން އަޑުއިވޭ އެއް ލަވަވެސް މެއެވެ. ކޮންމެއަކަސް ދިވެހީންނަށް މަނީ ހެއިސްޓް ވަރަށް ކަމު ގޮސްފިއެވެ.