މީސް މީޑިއާގެ ގިނަ އެޕްލިކޭޝަންތަކުގައި މިހާރު ޑާކް މޯޑް ބޭނުންކުރެވެމުން ދާއިރު މީހުންގެ ތެރޭގައި އެންމެ މަގުބޫލު މީސްމީޑިއާ ކަމަށްވާ ފޭސްބުކް އިން މި ފީޗާ މޯބައި އެޕްލިކޭޝަން އަށް ގެނައުމަށް ތައްޔާރުވެއްޖެއެވެ.

ފޭސްބުކް އިން ދާދި ފަހުން ވަނީ ޑާކް މޯޑް މެސެންޖާއަށް ވެސް ގެނެސްފައެވެ.

ފޭސްބުކުން ދަނީ މޯބައިލް އެޕްލިކޭޝަންގެ ބައެއް ބައިތައް އަލުން ފަރުމާކޮށް ޑާކް މޯޑް ގެނައުމަށް މިހާރު މަސައްކަތް ކުރަމުންނެވެ.

މީސްމީޑިއާގެ ތެރެއިން ބައެއް އެޕްލިކޭޝަން ތަކަށް "ޑާކް މޯޑް" ތައާރަފް ކޮށްފައި ވާއިރު އޭގެތެރޭގައި މެސެންޖާ ވައިބާ ފަދަ އެޕްލިކޭޝަން ފާހަގަކޮށްލެވެއެވެ.

ޒުވާނުންގެ މަގުބޫލު ޓްވިޓާގެ ޑާކް މޯޑް ވެސް ގިނަ މީހުން ހުންނަނީ އޮން ކޮށްފަ އެވެ. މެސެންޖާގެ މި އަޕްޑޭޓް އައިއޯސް އާއި އެންޑްރޮއިޑް ފޯނުތަކަށްވެސް ބޭނުން ކުރެވޭ އިރު ޑާކް މޯޑް އިން ރޭގަނޑު މެސެޖު ކުރާ ކުދިންނަށް ދެން ފަސޭހައިން މެސެޖު ކޮށްލެވޭނެ ކަމަށް ބެލެވެ އެވެ.

ޑާކް މޯޑަށް ބަދަލުކޮށްލެވުމުން ހުދު ކުލައިގައި ހުރި ގިނަ ބައިތައް ކަޅު ކުލައަށް ބަދަލުވެގެންދެއެވެ. ޑާކް މޯޑް ވެގެން ގޮސްފައި މިވަނީ އެންމެ ބޭނުންވާ މުހިންމު ފީޗަރ އަކަަށެވެ. ނިދަންވީމާ ނިދާ ކޮޓަރި ތެރެ ވެސް ބަދަލުކޮށްލަނީ ޑާކް މޯޑަށެވެ.