ދުނިޔެއާއި އެންމެ ގާތުން ދެވަނައަށް އޮންނަ ގުރަހަ އަށް ނިއުކްލިޔާ ބޮން އެޅުމަށް އެލެން މަސްކް ގޮވާލައިފިއެވެ.

ސްޕޭސް އެކްސް އަދި ޓެސްލާގެ ސީއީއޯ އެލެން މަސްކް މިގޮތަށް ގޮވާލީ މާސް އަކީ އިންސާނުން ދިރިއުޅެވޭނެ ފަދަ ގުރަހައަކަށް ހެދުމަށް ކަމަށް އޭނާ ބުންޏެވެ.

އެލެން މަސްކް ގަބޫލު ކުރާ ގޮތުގައި މާސް އަށް ނިއުކްލިޔާ ބޮމެއް އެޅުމުން މާސްގެ ދެ ތަނޑީގައި ހުރި ގަނޑުފެން ތަށް ވިރި ގިނަ އަދަދެއްގެ ކާބަންޑައިއޮކްސައިޑް މާސްގެ ފަޒާއަށް ބޭރުވެ ގްރީން ހައުސް އެފެކްޓް އުފެދި މާސްގެ ފަޒާގައި ވައިގެ ޕްރެޝަރު އުފެދޭނެ ކަމަށެވެ.

އެލެން މަސްކްގެ ސްޕޭސް އެކްސް އިން ދަނީ އިންސާނުން މާސް އަށް ފޮނުވަން ރޮކެޓެއް ވެސް ތައްޔާރު ކުރަމުންނެވެ.

ސްޕޭސް އެކްސްގެ މާސް މި ޝަންގެ ތާރީހެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ. މަސްކު ވިދާޅުވީ މި އަހަރުގެ ފަހުކޮޅު ފަށާ މި ދަތުރުތަކާއި އެކު، އަހަރަކު މިފަދަ ދެ ދަތުރުކުރެވޭ ވަރަށް މާކެޓު އެބައޮތް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އަދި އެގޮތަށް ދަތުރުތައް ކުރިއަށް ގެންދެވިއްޖެނަމަ، ކުންފުނީގެ އާމްދަނީގެ ދިހައެއް ނޫނީ ވިހި އިންސައްތަ ހިއްސާކުރާނީ މިދަތުރުތަކަށް ފަސިންޖަރުންގެ އަތުން ނަގާ ފީ ކަމަށްވެސް ވިދާޅުވި އެވެ.

ސްޕޭސް އެކްސް އާއި އެ ކުންފުނީގެ ވެރިޔާ އެލަން މަސްކްގެ އުންމީދަކީ ޖައްވީ ފަތުރުވެރިކަން އުފެއްދުމެވެ. އަދި މާސް އަށް އިންސާނުން ގެންގޮސް، މާސްގައި މީހުން އާބާދުކުރުމަށް ވެސް އެކުފުނިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހަސަނު

  ހޭބަލިވެބަލަ !

  4
  1
 2. މާސް

  މާސްގައި އޮކްސިޖަންނާއި ދިޔާފެން ނެތުމެއް ނޫން މައްސަލައަކީ. މައްސަލައަކީ މާސްގެ ދަމާބާރު ދައްވުން. މާސްގެ ދަމާބާރަކީ 3.7 މ/ސ^2. ދުނިޔޭގެ ދަމާބާރަކީ 9.81 މ/ސ^2. ދުނިޔޭގައި 100ކިލޯ ހުންނަ މީހެއްގެ ބަރުދަން 38 ކިލޯއަށް ލުއިވޭ މާސްގައި.

  2
  2
 3. ޓެސްލާ

  މީނަ ހަމަ ނޫންހެން އަހަންނަށް ހީވާތާ ދުވަސްގަނޑެއް ވެއްޖޭ.

  6
  1
 4. ގޮލާ

  އެލަން ކޮސްބޯ މީ ވަރަށް ބޮޑާ ކިބުރުވެރި މީހެއް. މީނަހާ ކާމިޔާބު ޚިޔާލުކުރާ މީހަކު ނެތްކަމަށް ހެދިގެން އުޅޭ މީހެއް މީ