މުސްތަގުބަލުގައި މާސް އަށް ކުރާ ދިގު ދަތުރަށް ޖައްވީ ފަޅުވެރިންގެ ގޮތުގައި ޖޯކަރުން ހޯދަން އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އިއުލާން ކޮށްފިއެވެ.

ނާސާއިން ބުނީ އެހެން ގުރަހަތަށް ކުރާ ދިގު ދަތުރު ތަކަށް މުސްތަގުބަލުގައި ހެއްވާ މަޖާ މިޒާޖެއްގެ ފަޅުވެރިން ބޭނުންވާނެ ކަމަށާއި މިއީ ދިގު ދަތުރު ތަކުގައި ފަޅުވެރިން އަބަދުވެސް ފޫހިފިލާފައި ބޭތިއްބުމަށް ބޭނުން ވާތީ ކުރައްޖެހޭ ކަމެއް ކަމަށެވެ.

ނާސާއިން ބުނާ ގޮތުގައި 2030 ވަނަ އަހަރު މާސް އަށް ކުރާ ދެ އަހަރުގެ ދިގު ދަތުރުގައި މަޖާ މިޒާޖުގެ ފަޅުވެރިން ބޭނުން ކޮށްފާނެ ކަމަށެވެ.

ނާސާއިން ބުނި ގޮތުގައި ޖައްވީ ފަޅުވެރިންގެ ގޮތުގައި ޖޯކަރުން ހޯދާއިރު އެމީހުން މަޖާ މިޒާޖު ހުރި މިންވަރު ޓެސްޓް ކުރެވޭނެ ކަމަށެވެ.

ދުނިޔެ ހިމެނޭ މަޑިކިލަނބު (ގެލެކްސީ) ކަމަށްވާ ދަރުބު (މިލްކީ ވޭ) ގެ ހަތަރު ވަނަ މާސްއަކީ ދުނިޔެއާ 139 މިލިއަން މޭލު ދުރުގައިވާ ގުރަހައެކެވެ.

މާސްއަކީ ދުނިޔެއާއި އެއްފަދަ ނޫނަސް ދުނިޔޭގެ ބައެއް ސިފަތައް ލިބިގެންވާ ގުރަހައެކެވެ. ދުނިޔެއާއި 225 މިލިއަން ކިލޯމީޓަރު ދުރުގައިވާ ކަމަށް ބެލެވޭ މާސްގެ ތަހުލީލުތައް ކުރުމަށް މިހާރު އެ ގުރަހައިގެ ބިމުގައި ދަތުރުކުރަމުންދާ އުޅަދު، މާސްގެ އެންމެ ފަހުގެ މަޢުލޫމާތާއި ފޮޓޯތައް ދުނިޔެއަށް ފޮނުވަމުން ދާއިރު، 2025 ވަނަ އަހަރުގައި އެ ގުރަހައަށް ދަތުރު ކުރުމަށް ނާސާގެ އެސްޓްރޮނޯޓުން ދަނީ ތައްޔާރުވަމުންނެވެ.

ހޫނު ގަދަ ކަމަށް ލަފާކުރެވޭ މާސް އަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނެއްކަމަށާއި އިންސާނުން މާސްގައި ދިރިއުޅޭނެ ދުވަސް ލަސްތަކެއް ނުވެ ފެންނާނެ ކަމަށް ސައިންސްވެރިން ބުނާއިރު މާސްގެ ކްރޭޓާ ފާރުތަކާއި ކެންޔަންތަކުގެ މަތިން ފެން ފައިބާ ކަން ކަށަވަރުކުރެވޭ ހެކިތަކެއް ސައިންސްވެރިން ވަނީ ދާދި ފަހުން ހޯދާފައެވެ.

ނަމަވެސް މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ލިބިފައިވާ މައުލޫމާތައް ބަލާއިރު މާސްގައި އިންސާނުން ދިރިއުޅެން ފެށޭނެ ދުވަހެއް މިޖީލުގެ މީހުންނަށް ފެނިދާނެތޯ ކުރެވޭ ސުވާލަށް އަދި ދޭން އޮތް ޖަވާބަކީ ނޫނެކެވެ.

2030 ވަނަ އަހަރުގައި މާސް އަށް އިންސާނުންނާއެކު ދަތުރު ކުރުމަށް ނާސާގެ އެސްޓްރޮނޯޓުން ދަނީ މިހާރު ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ބަލަގަ ކަލޭމެން ނޫންތަ ވާހަކަދައްކާ ރޮބޮޓު ބުދު ހަދަނީ. އޭގެ ހައެއްކަ ބުދު ހަދާފަ ފޮނުވާލަބަލަ. އޭރުން އެ ބުދުތައް މަރެއް ވެސް ނުވާނެ. އޮކްސިޖަނެއް ވެސް ބޭނުމެއް ނުވާނެ. ރިމޯޓުން ކޮންޓްރޯލްކުރެވޭނެ. އެ ބުދުތައް ލައްވާ މާސްގައި ގަސް ވެސް އިންދޭނެ. ގެދޮރު ވެސް އެޅޭނެ.

  2. ތެޔޮބި

    މިކޮޅުން ޖާބިރު އާއި އަންނި އާއި ހަސަންޓޭ ރިލީޒްކޮށްދޭނަން

    • ބެސްޓް

      ބެސްޓް އާންސާރ. އަދި ވ ފުރިހަމަ ވީސް މޑޕ ގެސާރކަސް އެކްޓޮވިސްޓުންކޮޅެއް ހިމަނާލި ނަމަ..

  3. ދިޔާނާ

    ކަލޯ މަގޭ އެކްސް ހަޒްބެންޑް ޖާބިރު ފޮނުވާ. އެއަށް ވުރެ ބޮޑު ޖޯކަރެއް މި ރާއްޖެއަކު ނޫޅޭނެ