މަންމައާއި ބައްޕަގެ އުއްމީދަކަށް ވާން ވާނީ ދަރިންގެ ހެޔޮގޮތުގައި ބެލެހެެއްޓުމެވެ. ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމާއި، ދަރިންނަށް އަޅާލުމާއި، އޯގާތެރިކަން ދިނުމެވެ. ނަމަވެސް މި ދެމަފިރިންނަކީ ދަރިންނަށް ރަނގަޅު ބައެއް ނޫނެވެ. ބައްޕަގެ އަނިޔާވެރި ވަކިތަކުގެ ދަށުގައި އެމީހުންގެ ދަރިފުޅު ހައްޔަރުވެ، 15 އަހަރުވަންދެން ޖިންސީ އަނިޔާ ލިބެމުންދިޔައިރު، މަންމަ ދިޔައީ ބައްޕައަށް ހިތްވަރުދެމުންނެވެ.

އިންޑިއާގެ އުއްތަރްޕްރަދޭޝްއަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ މި ޒުވާނާ ފުލުހަށް މައްސަލަ ހުށަހަޅީ، އޭނާއަށް ޖިންސީ އަނިޔާ ލިބެމުން އަންނަތާ 15 އަހަރު ފަހުންނެވެ. އެ ޒުވާނާ ފުލުހުންނަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ބައްޕަ އޭނާއަށް ޖިންސީ ގޯނާ ކުރަމުންދާތާ އެތައް އަަހަރެއްވެއްޖެ ކަމަށާއި، އެކަން ކުރަމުން ދަނީ މަންމައަށް ވެސް އެނގިހުރެ ކަމަށެވެ. އަދި އޭނާ ބަނޑުބޮޑުވުމުން، މަންމައާއި ބައްޕަ ތަފާތު ބޭސްތައް ދީގެން އޭނާގެ ދަރި ވައްޓާލި ކަމަށްވެސް އޭނާ ބުންޏެވެ.

މިކަން އޭނާ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނީ، ބައްޕަ އޭނާގެ އަންހެން ކޮއްކޮއަށް ޖިންސީ ގޯނާ ކުރަން ފެށުމުންނެވެ.

އެ ޒުވާނާ ބުނިގޮތުގައި، އުމުރުން ހަ އަހަރުން ފެށިގެން ބައްޕަ ދިޔައީ އޭނާއަށް ޖިންސީ ގޯނާ ކުރަމުންނެވެ. އަދި އެކަން ބައްޕަ ކުރަމުން ދަނީ މަންމަގެ ރުހުމާއެކުއެވެ.

އެ ޒުވާނާ ބުނެފައިވަނީ، އެއީ އޭނާގެ ތަގްދީރުގައި ހުރި ގޮތްކަމަށް ނިންމައިގެން، ބައްޕަގެ އެ އަނިޔާތަކަށް ކެތްކޮށްގެން އޭނާ ހުރި ނަމަވެސް، ކޮއްކޮއަށް އެ އަނިޔާ ދެމުން ދާތަން ބަލަން ހުންނަން ކެތްނުވި ކަމަށެވެ. އަދި ބައްޕަ އެ އަނިޔާ ކުރަމުންދާކަން އޭނާގެ ފިރިހެން ދެ ކޮއްކޮއަށް އެނގުން ނަމަވެސް، އެ މީހުންގެ ފަރާތުން އެކަމަށް މާބޮޑު ސަމާލުކަމެއް ލިބިފައި ނުވާކަމަށް އޭނާ ބުންޏެވެ.

އޭނާ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު، މިހާރު ވަނީ އެމީހުންގެ މައިންބަފައިން ކައިރިން އަނިޔާ ލިބުނު ދެމީހުންވެސް ސަލާމަތްކޮށްފައެެވެ. އެގޮތުން މިހާރު އެ އަންހެން ކުއްޖާ ހުންނަނީ ކުދިން ބަލަހައްޓާ ތަނެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ މައްސަލައާއި ގުޅިގެން އެ ޒުވާނާގެ މަންމައާއި ބައްޕަގެ މައްސަލަ ފުލުހުން ދަނީ ތަޙްޤީޤުކުރަމުންނެވެ. އަދި އެ މައްސަލާގައި ފުލުހުން އެ މީހުން ހައްޔަރުކުރިކަން ނުވަތަ ނޫންކަން ކަށަވަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޮނިފުހޭ

    އެއީ ޝައިތާނުން . އިސްލާމްދީނު ގަ ގިސާސް ހިފަން އަމުރު ދެއްވާ ފައިވަނީ މިފަދަ ކަންތަކުން އިންސާނުން ހިމާޔަތްކުރެއްވުމަށް.

    33
    • މީހެއް

      އެހެންވީމަ އިސްލާމީ ސަރީއަތާ އެއް ގޮތައް ހުކުމްތައް ބަދަލްކުރަންވީ

      17