އެތައް ބައެއްގެ ސަމާލުކަން އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޑައިރެކްޓަރ ހިމޭޝް އާއި ރާނޫ މަންޑެލްގެ ތޭރީ މޭރީ ކަހާނީ ލަވައަށް އަންނަނީ ލިބެމުންނެވެ. އެ ލަވާގައި ރާނޫ ކިޔަނީ ވަރަށް ކުޑަ ތަންކޮޅެއް ނަމަވެސް، އެ ތަންކޮޅުން އެކަނިވެސް ރާނޫގެ އަޑުގެ ރީތިކަން ހާމަވެއެވެ.

މިހާރު އަނެއްކާ ހިމޭޝްއާއެކު ރާނޫގެ ދެވަަނަ ލަވަ މި ވަނީ ރެކޯޑް ކޮށްފައެވެ. "އާދަތް"ގެ ނަމަކަށް ކިޔާ އެ ލަވަ ރެކޯޑް ކުރަމުންދަނިކޮށް ނަގާފައިވާ ވީޑިއޯކޮޅެއް ހިމޭޝް ވަނީ މީސް މީޑިއާއަށް ދޫކޮށްލާފައެވެ.

"އެކް ޕިޔާރް ކަ ނަގްމޭ ހޭ" މި ލަވައިން ގިނަބައެއްގެ ސަމާލުކަން ހޯޑި ރާނޫ މި ލަވަ ކިޔާފައި ވަނީ ބެންގަލްގެ ރޭލް ސްޓޭޝަނެއްގައެވެ. އޭނާ ފައިސާ ހޯދަން ކުރާ ކަމަކީ މީހުންނަށް ލަވަ ކިޔާދީ ހެދުމެވެ.

ރާނޫ މަޝްހޫރު ވުމުގައި އަޓިންޑްރާ ޗަކްރަބޯތީއަކީގެ ދައުރު ވަރަށް ބޮޑެވެ. އޭނާއަކީ ރާނޫ ލަވަ ކީ ވީޑިއޯ މީސް މިޑިއާއަށް ލި މީހާއެވެ. އަދި ރާނޫ އާއި ގުޅޭ މައުލޫމާތުތައް އޭނާ ދަނީ މީސް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އަޓިންޑްރާ އަކީ ރާނޫގެ މެނޭޖަރު ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

https://www.instagram.com/p/B1xxoiNDyA_/

އެ ލަވަ ހިމޭޝްގެ އަޑުން ފަށައިގަންނައިރު، ދެން އިވެނީ ރާނޫގެ އަޑެވެ. މިއީ ހެޕީ ހާރްދީ އެންޑް ހީރްގެ ތީމް ލަވަ ކަމަށް ހިމޭޝް ބުނެފައި ވެއެވެ.

ރާނޫއަކީ އުމުރުން 59 އަހަރުގެ ގެއްލިފައިވާ ތަރިއެކެވެ. އޭނާގެ އަޑުގެ ޖާދޫގައި އެތައް ބަޔަކު ޖެހިއްޖެއެވެ.