ބެންގަލްގެ ރޭލްވޭ ސްޓޭޝަންގައި ކިޔާލި އެންމެ ލަވައަކުން އެތައް ބައެއްގެ ސަމާލުކަން ހޯދި ރާނޫ މަންޑެލްގެ އަޑުން، "މަނިކޭ މަގޭ ހިތޭ"ލަވަ ކިޔާ ވީޑިއޯއެއް މީސް މީޑިއާގައި ވައިރަލްވެއްޖެއެވެ.

މިހާރު ޓިކްޓޮކްގައި ވައިރަލްވެފައިވާ އެ ވީޑިއޯއިން ފެނިގެން ދަނީ ސިންހަޅަ ބަހުން ޔޮހާނީ ކިޔާފައިވާ "މަނިކޭ މަގޭ ހިތޭ" މި ލަވައިގެ ތަންކޮޅެކެެވެ.

ރާނޫ މަޝްހޫރުވެސް ވެފައި ވަނީ މިގޮތަށް ކިޔާލި ލަވައެއްގެ ވީޑިއޯ ވައިރަލްވި ހިސާބުންނެވެ. އޭގެ ފަހުން އޭނާއަށް ސްޓޭޖްތަކުން ފުރުސަތު ލިބުނެވެ. އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޑިރެކްޓަރ ހިމޭޝް އަށް ރާނޫގެ އަޑު ރީތިވެގެން އޭނާއަށް ފުރުސަތު ދިނެވެ. އެގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި އޭނާއަށް ހިންދީ ތިން ލަވަ ކިޔުމުގެ ފުުރުސަތު ލިބުނެވެ.

އޭގެ ފަހުން އޭނާއަށް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ. ނަމަވެސް ފަހުން ރާނޫ ގެއްލިއްޖެއެެވެ. އޭނާގެ ވާހަކަތައް މީޑިއާތަކުން ނުދައްކައެވެ.

ނަމަވެސް ރާނޫ މޮންޑެލްގެ ބައޮޕިކްގެ ހަދާ ވާހަކައިގެ އަޑުތައް ގަދަވެފައި ވަނިކޮށް މިފަހަރު އޭނާގެ އަޑުން އިވިގެން ގޮސްފައި މި ވަނީ އެތައް ބައެެއްގެ ސަމާލުކަން ލިބުނު މަނިކޭ ހިތޭ ލަވައެވެ.

އެ ލަވައިގެން ތަންކޮޅެއް އޭނާ ކިޔާ ވީޑިއޯއެއް ޓިކްޓޮކްގައި ވައިރަލްވެފައިވާއިރު، އެތައް ބައެއްގެ ސަމާލުކަން އެ ވީޑިއޯއަށް ލިބިގެން ގޮސްފައިވެއެވެ.

@shishuskasraful

খুব সুন্দর একটা গান গাইলেন রানু মন্ডল 👍👍👍👍👍👍👍

♬ original sound - @ shishu🌹🌹❤️

އެ ވީޑިއޯއަށް މިހާތަނަށް 24،000 ލައިކްސް ލިބިފައިވާއިރު، 800 އަށްވުރެ ގިނަ ކޮމެންޓްސް ލިބިފައި ވެއެވެ.