ކޮންމެ މީހަކުވެސް އެ މީހެއްގެ ލޯބިވެރިޔާ އާއި ކައިވެނި ކުރަން ޕްރޮޕޯސް ކުރާ ދުވަހަކީ ވަރަށް ހާއްސަ ދުވަހަކަށް ހަދަން މަސައްކަތް ކުރާނެއެވެ. މިގޮތުން ވޭލްސްގެ އަންހެނަކު މިވަނީ އޭނާގެ ލޯބިވެރިޔާ އަށް ތަފާތު ގޮތަކަށް މިކަން ކޮށްފައެވެ.

އެލީޝިއާ ޕިލަވާ އާއި އޭނާގެ ލޯބިވެރިޔާ ޕައުލް ޝޮޕްރޯނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 2 އަހަރު ވެފައި ވާއިރު އެލީޝިއާ ބުނާ ގޮތުން ޕައުލް އޭނާ ކައިރީ ކޮންމެ ދުވަހަކުވެސް 30 ވަރަކަށް ފަހަރު ކައިވެނި ކުރުމަށް އެދެއެވެ. ނަމަވެސް، އެލީޝިއާ މީގެ ކުރިން ކޮށްފައިވާ 2 ކައިވެނިވެސް ރޫޅުމުގެ ސަބަބުންނާއި އޭނާ ޑިގްރީ އަށް ކިޔަވަމުން 2 ގަރާޖް ބަލަހައްޓަމުން އަންނާނީ އެކަން ކުރަން އުނދަގޫ ކަމަށް ބުނެ ކޮންމެ ފަހަރަކުވެސް އެކަމަށް ދެކޮޅު ހަދަނީއެވެ.

އެލީޝިއާ ޕްރޮޕޯސް ކުރުމުން ޕައުލް އުފަލުން ފޮޅިފައި

އެންމެ ފަހުން އެލީޝިއާ އަށް ވަނީ ޕައުލް އޭނާ ދެކެ ހަގީގަތުގައިވެސް ލޯބިވާކަން އިހްސާސް ކުރެވިފައެވެ. ދެން އޭނާ ގަސްދުކުރީ ޕައުލް އަށް ޕްރޮޕޯސް ކުރާށެވެ. އެލީޝިއާގެ ރަހުމަތްތެރިން ތަކެއް ލައްވައި އެތަނުން ދެމީހުން ކައިވެނި ކުރުވާ ކަމަށް ހަދާފައި ޕައުލް އަށް ވަނީ ބެސްޓް މޭންގެ މަގާމު އެ ކައިވެނީގައި ދީފައެވެ. އެހެންކަމުން ޕައުލް އެއްވެސް ވަރަކަށް އެލީޝިއާ ޕްރޮޕޯސް ކޮށްފާނޭ ކަމަކަށް ހިއެއް ނުކުރެއެވެ.

އެ ހަފްލާ އަށް އެތައް ސަތޭކަ ބަޔަކު ހާޒިރުވި އިރު ޕައުލް ފިޔަވައި އެހެން އެންމެނަށްވެސް އެއީ ފޭކް ވެޑިންއެއްކަން އެނގެއެވެ. ރަސްމިއްޔާތު ފަށަން ތައްޔާރުވުމުން އެލީޝިއާ ވަނީ ލަވައެއް ކިޔަމުން އެންމެންގެ ކުރިމައްޗައް ނިކުމެފައެވެ. މިހިސާބުން އެންމެން ހެވިފައި ޕައުލް އާއި ދިމާލަށް ބެލުމުން ކަންތައް ވީގޮތް އޭނާ އަށް ރޭކާލިއެވެ. އަދި އެލީޝިއާ އެއްފައި މައްޗައް ތިރިވެ ޕައުލް ގާތު އިންނަން އެދުމުން ސަމާސާ ރާގަކަށް ނޫނެކޭ ބުނެފައި އޭނާ އެތަނުން ދާން އުޅޭ ކަމަށް ހެދުނެވެ.

ޕައުލް ހީކުރީ އޭނާ އަކީ އެ ވެޑިންގެ "ބެސްޓް މޭން" ކަމަށް

ނަމަވެސް މިއީ އޭނާ އުފާވެފައި ހުރިލެއް ބޮޑުކަމުން ކުރި ކަމެކެވެ. މިހާރު މިދެމީހުން ކައިވެނި ކޮށްފައި ވާއިރު އެ މަންޒަރު ދައްކުވައިދޭ ވީޑިއޯ އަންނަނީ ޔޫޓިއުބްގެ އިތުރުން މީސް މީޑިއާގައި ހަލުވިކަމާއި އެކު ފެތުރެމުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު