ވާތްތެރިން ވާހަކަ ދެއްކުމުގެ ހުނަރަށް ފަރިތަވެ، މޮޅުވާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޔުނިވަސިޓީ އޮފް އޮކްސްޕޯޑް އިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި ވާތްތެރި ވަނީ މައި މީހާގެ ބަނޑު ތެރޭގައި އޮންނަ ހިސާބުން ފެށިގެންނެވެ. އަދި ވާތްތެރިއެއް ނަމަ ބަނޑު ތެރޭގައި އެކުއްޖާގެ ސިކުނޑި އުފެދޭ ގޮތް ތަފާތު ކަމާއި އެކަން އެގޮތަށް ވަނީ ޖީންތަކެއްގެ ސަބަބުން ކަމަށް ދިރާސާ ރިޕޯޓުގައިވެއެވެ.

އެ ދިރާސާއިން ހާމަވި ގޮތުގައި ވާތްތެރި ވުމަށް ހަތަރު ވައްތަރެއްގެ ޖެނެޓިކް ޖީން އެއް މަގުފަހިކުރެއެވެ. އަދި މި ޖީންތަކުގެ ސަބަބުން ރަހިމުތެރޭ ކުއްޖާ ހެދިބޮޑުވާއިރު ސިކުނޑި އުފެދި ބޮޑުވާ ގޮތް ތަފާތު ކަމަށްވެއެވެ. ދިރާސާގައި ބައިވެރިވި ސައިންޓިސްޓުން ބުނި ގޮތުގައި ވާތްތެރިވަނީ ބަނޑުގައި އޮންނަ އިރު ކުއްޖާ ހެދިބޮޑުވާ ގޮތެއްގެ ސަބަބުންނާއި ހަށިގަނޑުގެ މައިކްރޯޓުބިއުލްސްގެ ސަބަބުން ކަމަށެވެ.

އެ ދިރާސކޮށްފައިވަނީ 40،000 މީހުންގެ ބައިވެރިކުރުވައިގެންނެވެ. އޭގެ ތެރެއިން 38332 މީހުންނަކީ ވާތްތެރިންނެވެ.

އޮކްފޯޓް ޔުނިވަސިޓީގެ މެޑިކަލް ރިސަރޗް ކައުންސިލްގެ މެމްބަރު، ޑރ. އަކިރާ ވިބާގް ވިދާޅުވެފައިވާ ގޮތުގައި، ދިރާސާގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ވާތްތެރީންގެ ސިކުނޑީގެ ކަނާތް ފަރާތާއި ވާތްފަރާތުގެ ލެންޖުއޭޖް އޭރިއާތައް މުއާމަލާތްކުރަނީ ހަމަހަމަ އުސޫލަކުންނެވެ. އެހެން ވުމުން ވާހަކަ ދެއްކުމުގެ ހުނަރު މޮޅުވެ ދޫ ފަރިތަވާ ކަމަށް ޑރ. އަކިރާ ވިދާޅިއެވެ.

ޑރ. އަކިރާވެސް ވިދާޅުވީ 90 ޕަސެންޓު މީހުންނަކީ ވާތްތެރިން ކަމަށާއި އެއީ ފާއިތުވި 10،000 އަހަރު ތެރޭގައިވެސް އެކަން އޮތް ގޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ވައަތްތެރިންނަކީ އިބިލީހުން ???? އިބިލީހުންނަކީ ވައަތްތެރިން ????

    4
    18
    • ޖަހުލު

      ވައަތްތެރިންނަކީ ވެސް އިންސާނުން. ތައުބާވޭ

  2. ދިވެހި މީހާ

    ޢިސްލާމް ދީނުގަ ނުކުރުމަށް ކުރަންް އަންގަވާފައިވާ ކޮންމެ ކަމެއް އެއީ މޮޅު ރަނގަޅު ކަމެއްގެ ގޮތުގަ ފަތުރާކަށް ނުޖެޙޭ.