ދިވެހިންގެ ތެރޭގައިވެސް ވަރަށް އާއްމު އެއްޗަކަށް ވެފައިވާ ޓިކްޓޮކް އަކީ ދުނިޔޭގައި 600 މިލިއަނަށް ވުރެން ގިނަ މީހުން ބޭނުން ކުރަމުން އަންނަ އެއްޗެއް ކަމުގައި ވާއިރު، އެ އެޕުގައި މިހާރު އެއްމެ ހިނގާ ޓްރެންޑަކީ ތުންފަތުގަ ސުޕާ ގްލޫ ހޭކުމަށް މިވަނީ ވެފައެވެ.

"ކްލޮއޭ ހެމޮކް4" ކިޔާ ޒުވާން އަންހެނަކު އެންމެ ފުރަތަމަ މިކަން ކުރަން ފެށުމުން، އިސާހިތަކު އެތައް ބަޔަކު ވަނީ އޭނާ ކުރި ކަންތައް ކޮޕީ ކުރަން ފަށާފައެވެ. ކްލޮއޭ އޭނާގެ ޓިކްޓޮކް ވީޑިއޯ ޓްވިޓާގައިވެސް ހިއްސާ ކޮށްފައި ވާއިރު، 7 މިލިއަނަށް ވުރެން ގިނަ މީހުން މިހާރު ވަނީ އެ ވީޑިއޯ ބަލާފައެވެ. އަދި ކޮންމެ މިނެޓަކުވެސް އެ ވީޑިއޯ ބަލަމުން ގެންދާ މީހުން އިތުރުވާއިރު، އެތައް ބަޔަކު އަންނަނީ ކްލޮއޭ އަށް ވުރެން މޮޅަށް މިކަން ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ބައެއް އަންހެން ކުދިން ވަނީ އެމީހުންގެ ތުންފަތުގެ އިތުރުން އެސްފިޔާގައިވެސް ސުޕާ ގުލޫ ހާކައިފައިކަން ފާހަގަކޮށްލެވެއެވެ.

އަންހެން ކުދިން މިކަން ކުރަނީ ތުންފަތުގައި ސުޕާ ގްލޫ ހޭކުމުން ކައިލީީ ޖެނޭ ގޮތަށް އެމީހުންގެ ތުންފަތް އިރުކޮޅަކަށް ނަމަވެސް ބޮޑުވާތީއެވެ. އަދި އެސްފިޔައިގައި އެ ހޭކުމުން އެމީހުންނަށް އިތުރު ރީތިކަމެއް ލިބޭ ކަމެއް އެ ހާކާ މީހުން ގަބޫލު ކުރެއެވެ.

ޗެލެންޖެއްގެ ގޮތުގައި މިކަން ކުރަން ފަށަމުން މިހާރު ޓްރެންޑަކަށް ވީ ނަމަވެސް، މިއީ ވަރަށް ނުރައްކާތެރި ކަމެއްކަން އެންމެންވެސް ހަނދާނުގައި ބަހައްޓާށެވެ. މަޝްހޫރު ވާން ކުރާ މިފަދަ ކަންކަމުން ގިނަ ފަހަރަށް އޮންނާނީ މަޝްހޫރު ނުވެ، ބަލި އެނދުގައި އޮންނަން ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސްނޯ

    ޕިސް ޕިސް...މޮޔަވަނީ

    18
    1
  2. ހެހެ

    ތުންފަތް ބޮޑުވީމަ ކޮން ރީއްޗެއް..? ޗީޑި މަށަށް ހާދަ ހަޑިޔޭ ތުންފަތް ބޮޑުވީމަ.. ހީވަނީ ބޮޑު ފަކުރު ގަނޑެއްހެން

    21
    2
  3. teddy

    Thunfai boduvegen reethi vanya emme reethi vaany Africa kudhin ...kylie menge thunfai nuvaane ekachakahves emyhun kairiaku....

    6
    1