އެމެރިކާގެ އެންމެ މަޝްހޫރު އެއް މޮޑެލް، އަދި ޒުވާން ބިލިއަނަރު، ކައިލީ ޖެނާ އޭނާގެ ލޯބިވެރިޔާ، ރެޕް ލަވަކިޔުންތެރިޔާ ޓްރެވިސް ސްކޮޓް އާއި ދުރު ވެއްޖެ ކަމަށް ބާރު ލިބޭނެ ފޮޓޯ އެއް އިންސްޓަގްރާމް ގައި ހިއްސާކޮށްފިއެވެ.

ކައިލީ ސެލްފީ ނަގާފައިވަނީ އާދައިގެ މަތިން އޭނާގެ ކަބަޑުގެ ލޯގަނޑަށް ހުއްޓިގެންނެވެ. ސެލްފީ ޝެއާ ކުރިއިރު ވަރުގަދަ މެސެޖެއްވެސް ވަނީ އޭގެ ތަފްސީލުގައި ލިޔެފައެވެ. އޭގައި ލިޔެފައި ވަނީ "މިއީ ގޭމެއް ނޫން، ފިރިހެނާ." މިގޮތަށެވެ. ބެލެވޭ ގޮތުގައި މެސެޖު އަމާޒުކޮށްފައި ވަނީ ޓްރެވިސް އަށެވެ.

ކައިލީގެ ފޭނުންނަށް ވަނީ އޭނާ އެންމެ ފަހުން ޝެއާ ކުރި ފޮޓޯ އިން އެހެން ކަމެއްވެސް ފާހަގަވެފައެވެ. އޭނާ ޓްރެވިސް އާ އެއްކޮށް ނަގާފައިވާ ފޮޓޯ ފްރޭމް އެއް ކައިލީ ކުރިން ކަބަޑު ސެޓު ކުރިމަތީގައި ނެގި ގިނަ ސެލްފީ ތަކުގައި ފެންނަން ހުރެއެވެ. އެކަމަކު އެންމެ ފަހުން ނެގި ސެލްފީ ގައި އެ ފޮޓޯ ފްރޭމް ވަނީ ގެއްލިފައެވެ. ހަމަ އެއް ތަނެއްގައި ހުރެ ކައިލީ މީގެ ކުރިން 2 ފޮޓޯ ނަގާފައިވަނީ މޭ މަހުގެ 7 ވަނަ ދުވަހުގައި އާއި އޯގަސްޓު 4 ވަނަ ދުވަހުގައެވެ.

އެމެރިކާގެ މަޝްހޫރު 'ކަޑޭޝިއަން ފެމިލީ' ގެ އެންމެ ޒުވާން އެއް މޫނު، ކައިލީގެ އެންމެ ފަހުގެ ފޮޓޯއަށް އޭނާގެ ސަޕޯޓަރަކު ކުރި ކޮމެންޓެއްގައި ބުނީ "އަހަރެންނަށް ކަމެއް ފާހަގަވެއްޖެ. ކައިލީ އާއި ޓްރެވިސްގެ ފޮޓޯ އެ ވަނީ އެތަނުން ނަގާފައި. އަދި ކެޕްޝަން ވެސް ވަރަށް ސުވާލު އުފެދޭ". ކަމަށެވެ.

ކައިލީގެ އިންސްޓަގްރާމް 'ބޮމެއް' އައިސްފައިމިވަނީ ދާދި ފަހުން އެމެރިކާގެ މަޝްހޫރު ނޫހަކަށް މި ދެ ތަރިން އިންޓަވިއު އެއް ދީފައި ވަނިކޮށެވެ. އެ އިންޓަވިއުގައި 2 މީހުންގެ ގުޅުން ވަރަށް ރަނގަޅު ކަމަށް ފާހަގަކޮށް ފައިވެއެވެ. އަދި އެމީހުން ދަރިފުޅު 'ސްޓޯމީ' ދުނިޔެ އަށް އައުމާ ގުޅިގެން އިތުރަށް އެމީހުންގެ ދިރިއުޅުމަށް އުފާވެރިކަން ލިބިފައިވާ ކަމަށް ފާހަގަކުރިއެވެ.