ކައިލީ ޖޭނާގެ ފިރިހެން ދަރިފުޅު ދައްކާލައިފި އެވެ.

ކައިލީ އިންސްޓްގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާގެ ފިރިހެން ދަރިފުޅުގެ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ. އަދި އެ ކުއްޖާއަށް ކިޔަނީ އެއަރީ ކަމަށް ޕޯސްޓުގައި ބުނެފައި ވެއެވެ.

ކައިލީގެ ފިރިހެން ދަރިފުޅު ލޯބި ކަމަށް އެތައް ބަޔަކު އެ ޕޯޓަށް ކޮމެންޓްކޮށް ބުނެފައި ވެއެވެ. އަދި އެއަރީ އާއި ސްޓޯމީ ވަށްތަރު ކަމަށް ވެސް ބުނެފައި ވެއެވެ.

ކައިލީ ވަނީ މީގެކުރިން ފިރިހެން ދަރިފުޅުގެ ކޮޓަރި ދައްކާލާފަ އެވެ. އެތާނގެ މެދުގައި ހުރި އަގުބޮޑު ކްރިބް އާއި އެންމެ ފަހުގެ އަގު ބޮޑު ބްރޭންޑުތަކުގެ ތުއްތު ދަރިފުޅުގެ ބޫޓުތަކުން ފުރިފައިވާ ކަބަޑާއި ހަގު ދަރިފުޅު ސްޓޯމީ ވެބްސްޓަރގެ ކުރެހުމެއް ވެސް ވަނީ ދައްކާލައިފައެވެ.

އުމުރުން 24 އަހަރުގެ ކައިލީ އާއި 30 އަހަރުގެ ސްކޮޓް އަށް ދެވަނަ ދަރިއަކު ލިބޭކަން ރަސްމީކޮށް ހާމަކުރީ 2021 އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ކައިލީ ވިހެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.

ކައިލީ އަލަތު ދަރިފުޅު ސްޓޯމީ ވިހާފައި ވަނީ 2018 ވަނަ އަހަރުގެ ފެބްރުއަކީ މަހު އެވެ.