މަޝްހޫރު ރިއަލިޓީ ޝޯވ "ކީޕިންގ އަޕް ވިތް ދަ ކާޑޭޝިއަންސް" ޝޯވގެ މަޤްބޫލު ތަރި ކައިލީ ޖެނަރއާއި ހޮލީވުޑްގެ ފިލްމީ ތަރި އަދި މޮޑެލް ޓިމޯތީ ޝަލަމޭގެ ގުޅުމަށް ކާޑޭޝިއަން އާއިލާއިން 'ރުހުން' ދީފިއެވެ.

މީގެ ކުރިން ޖޯނީ ޑެޕްގެ ދަރިފުޅު ލިލީ ރޯޒް ޑެޕްގެ ލޯބިވެރިޔާ ކަމުގައިވާ ޓިމޯތީގެ އާއިލާގެ ބައެއް މެންބަރުންނާއި މުއްސަނދި ކައިލީ ތައާރަފްކުރި ފަހުން މި ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ވަރަށް ގިނަ މީޑިއާތަކުން ބުނަމުން ދިޔައެވެ.

އެންމެ ފަހުން، ޓިމޯތީ ކައިލީގެ އާއިލާއާއި ބައްދަލު ކުރި ފަހުން، އޭނާގެ މަންމަ ކްރިސް ޖެނަރއާއި ދައްތަ ކެންޑަލް ޖެނަރ ޓިމޯތީއަށް 'ރުހުން' ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެން ނަމަވެސް، މި ދެމީހުންގެ ގުޅުން އެހާ 'ސީރިއަސް' ނޫން ކަމަށް ބައެއް ރިޕޯޓްތައް ބުނަމުންދެއެވެ. ކައިލީއާއި ގާތް މީހަކު "ދި ޑެއިލީ މެއިލް"އަށް ރިޕޯޓްކޮށްފައިވާ ގޮތުގައި ކައިލީ މިވަގުތު ބޭނުން ވަނީ ލޯބީގެ ގުޅުމަކަށްވުރެ ބޮޑަށް ހަމައެކަނި އޭނާގެ ދަރިންނަށް ވަގުތު ދޭށެވެ.

ކައިލީ އެންމެ ފަހަކަށް ލޯބީގެ ގޮތުން ގުޅިފައިވަނީ ޓްރެވިސް ސްކޮޓް އާއިއެވެ. ކައިލީއާ ޓްރެވިސް ސްކޮޓަށް މިހާރު ވަނީ ދެ ކުދިން ލިބިފައެވެ. ކައިލީ އަލަތު ދަރިފުޅު ސްޓޯމީ ވިހާފައި ވަނީ 2018 ވަނަ އަހަރުގެ ފެބްރުވަރީ މަހުއެވެ. އަދި އެންމެ ހަގު ދަރިފުޅު ވިހާފައިވަނީ މި އަހަރު ކުރީ ކޮޅުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދަން

    ނަމޫނާއަކަށް ބަލައިގެން އެމީހުންގެ ވަނަވަރުތައް ތިޔަ ލިޔުއްވާ ޢައިރު މުސްލިމުން ކައިވެންޏަކާ ހަމައަށް ދާއިރު ތިބެނީ ތިން ހަތަރު ދަރިން ވިހާ ބޮޑުވެފައި. ހަމަ ރަނގަޅުތޯ އެ ނަމޫނާ