ޖެން ސްޕެއިން އަކީ މީހުން ހެއްވާލާފަދަ މަޖާ ޕޮޓޯތައް ނެގުމަށް ހާއްސަ ސަމާލުކަމެއް ދޭ ލޮސްއެންޖެލެސްގެ އަންހެނެކެވެ. ހުސްވަގުތުތަކުގައި ދަނޑުވެރި ކަމަށް ލޯބިކުރާއިރު ޒުކިނީ ހެއްދުމަށްވެސް ސްޕެއިން ހާއްސަ ސަމާލުކަމެއް ދެއެވެ. މީގެ އިތުރުންވެސް ސްޕެގެޓީއާއި ޓޮމާޓޯ ފެޅުމަކީ ވެސް އޭނާ ފޫހިވުމުން ކުރާ ބައެއް ކަންކަމެވެ. ދާދި ފަހުން ޖެންއާއި ސްޕެއިން ފިރިމީހާގެ މަސައްކަތުން ވަނީ ބޮޑު ޒުޗިނީ ދަނޑެއް ހައްދާފައެވެ.

"އަހަރެން ހިތައްއެރި މީ ވަރަށް މަޖާކަމެކޭ ޒުޗިނީ ދަނޑުން ބޮޑުވެފައިހުރި ޒުޗިނީއެއް އަހަރެންގެ ދަރިޔަކަށް ހަދައިގެން ފޮޓޯނެގުމަކީ. މިކަހަލަ ވާހަކަ އެއް ދައްކާފިއްޔާ ސަކަރާތުގެ އެންމެ ކުރީގައި ހުންނާނީ އަހަރެންގެ ފިރިމީހާ" ސްޕެއިން ބުންޔެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ ޒުޗިނީ އެންމެ މީރުވަނީ އޭތި 6ފޫޓާއި 8 ފޫޓާއި ދެމެދަށް ބޮޑުވީމާ ކަމަށެވެ. އެހެންނަމަވެސް ފޮޓޯއިން ފެންނަ އެތި އާދަޔާ ހިލާފަށް ބޮޑުކަމާއި އޭގައި 5 ޕައުންޑާއި 5 އައުންސް ހުރި ކަމަށް އޭނާ ބުނެފައިވެއެވެ. މިއީ އުފަންވާ ކުއްޖެއްގެ ދިގުމިން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ސްޕެއިންއަކީ ޕްރޮފެޝިނަލް ޕޮޓޯގްރާފަރަކަށް ވީއިރު ގިނަ ފޮޓޯޝޫޓް ތަކެއް ނަގަމުން ދެޔެވެ. އެހެން ނަމަވެސް އޭނާ ބުނެފައި ވަނީ މި ފޮޓޯއަކީ ވަރަށް ހާއްސަ ފޮޓޯއެއް ކަމަށެވެ. އެއީ އޭނާ ޒުޗިނީއަށް ކުރާ ލޯބި ހާމަވެގެންދާ ފޮޓޯއެއްކަމަށް ވާތީކަމަށްވެސް އޭނާ މައުލޫމާތު ދީފައިވެއެވެ.

ސްޕެއިން އެންމެ އުފާވީ މީސް މީޑިއާގައި މިފޮޓޯ ގިނަ ބަޔަކަށް ކަމުދިޔުމުގެ ސަބަބުން ކަމަށްވެސް އޭނާ ބުންޔެވެ. އަދި ފޮޓޯއަށް ކޮމެންޓް ކުރާ މީހުންނަށް އުފަލާއިއެކު ރިޕްލައި ކޮށްފައި ހުންނާނެ ވާހަކަވެސް ފާހަގަކޮށްފައިވެއެވެ.

"އަހަރެމެން ދެމަފިރިން ފަހުން އެ ޒުކިނީ ކައްކާގެން ކެއީ. އޭތިން ޒުކިނީ ބްރެޑް ހަދާގެން ކެއީ. " އަމިއްލަ ދަރިޔެއްގެ ގޮތުގައި ގެންގުޅުނު ޒުޗިނީ އެންމެ ފަހުން ކެއި ވާހަކަ ސްޕެއިން ބެނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު