އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނަކު، އޭނާ އާއި އިންނާނެ އުމުރުން ހަގު އަންހެނަކު ހޯދަން އިއުލާނުކޮށްފިއެވެ.

ފޭސްބުކް ޕޭޖެއް މެދުވެރިކޮށް މިކަން އިއުލާނުކޮށްފައި ވަނީ ކ. މާލެއަށް ނިސްބަތްވާ މީހެކެވެ. އޭނާ ބުނެފައިވާ ގޮތުގައި ކައިވެނިކުރުމަށް އޭނާ ބޭނުންވަނީ އުމުރުން 30 އަހަރަށް ވުރެ ހަގު، ޒުވާން އަންހެނަކާއި ކަމަށެވެ.

މި ފިރިހެން މީހާ އަކީ ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެއް ކަމަށާއި، އޭނާގެ ދަރިން ތިބި ކަމަށް ޕޯސްޓުގައި ބުނެފައި ވެއެވެ. އަދި މާލޭގައި އަމިއްލަ ގެދޮރުވެސް ހުރި ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ. އޭނާ އާއި ކައިވެނި ކުރުމަށް ޝަރުތު ހަމަވާ މީހުން ޕޭޖަށް މެސެޖު ކޮށްގެން، އޭނާއާއި ބައްދަލުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ފޭސްބުކް ޕޭޖުތައް މެދުވެރިކޮށް ދިވެހިން ހަޔާތުގެ ބައިވެރިން ހޯދުން އާންމުވެފައި ވާއިރު، މީގެ ދެވަރަކަށް ދުވަސް ކުރިން އެއް ކޮޓަރީގެ އެޕާޓްމެންޓެއް ރަނެއްގެ ގޮތުގައި ހުށަހެޅުމަށްފަހުވެސް މީހަކު އިންނާނެ އަންހެނަކު ހޯދުމަށް އިއުލާނުކޮށްފައި ވެއެވެ. އޭނާއަކީ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައިވާ މީހަކަށް ވާއިރު، މިހާރު ބޭނުންވަނީ އުމުރުން 30 އަހަރުން ދަށުގެ އަންހެނަކާއި ކައިވެނި ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ދޮންތަ

  ފައިސާ ހުރިއްޔާ އަންހެނަކު ލިބިދާނެ އެކަމު ލޯބި ލިބޭނެތަ ތިހެން ހޯދާމީހުން އެއްވެސް ކުލުނެއް ނުހުންނާނެ ފިރިހެންމީހާ ދަވާލައިގެން ފިލާނެ

  36
  2
  • ކުރުނބާ

   ބަލަފިރިހެން މީހާއަށްވެސް ތިވަރު އެނގެޔޭ އޭނައާ ޒުވާންމީހާކު އިންނާނީ މާލިއްޔަތަށްޓަކާކަން، ދެން ތިޔަ ބުނާ ހަގީގީ ލޯތްބަކީ ކޮބާ މިހާރުވެސް ތިބުނާ ހަގީގީ ލޯބިވާކަމަށް ލޯބިލިބޭކަމަށް ދައުވާކުރާ މީހުންގެ ތެރެއިން މީހަކު މަރުވެއްޖެނަމަ އޭނާގެ އަނބި/ފިރިމީހާ ދެން އެހެންމީހާކާ ނީންނާނެ ކަމުގެ ކޮން ގެރެންޓީއެއް އޮތީ؟

   17
   5
 2. އެނޯން

  އޭރިއާ 51 އަށް ދޭބަ

  16
 3. ލޮލް

  65 އަހަރުނަމަތާ އިންނާނީވެސް!
  ކާފާއުމުރު މީހަކާ އިނދެެެެެގެން ސާބަސް!
  މިސާލަކަށް- 15 ވީމަ އިނީ ވިހިއަހަރުވާއިރު 5 އަހަރުގެ ކުއްޖެއް 2 އަހަރުގެ ކުއްޖެއް އަނެއްކާބަނޑުބޮޑު!
  އެއިރު އިންނާނީ 30 އަހަރުވެފަ ދެން 51 އަހަރުމީހަކަށް ކާފަ ނުކިޔާހުންނާނެތަ! ލޮލް.
  އާދެންފަހެ 20 އަހަރު ކުއްޖެއް އިންނާން ހޯދާ!
  ލޮލްް!

  13
  5
  • ކިޔާ

   އަސްލު ވާގޮތަކީ މީހާ ކިތަންމެ މުސްކުޅިޔަކަސް ހިތެއް މުސްޅިއެއް ނުވޭ..ހިތް އޮންނަނީ ހަމަ ޓީން އޭޖްގަ..

 4. އާސީ

  އިޓްސް އޯކޭ ކިޔާ މުސްކިލް ބެޓާދެން ޔަންގް ބޯއީސް ބިކޯސް ދޭހޭވް ނޯމަނީ ނޯލައިފް ދޭ އޮންލީ ސްލީޕް އެންޑް ކޮފީ ދަޓް ފުރޮމް ގާލްސް އެކްސްޕެންސް އޭމްއައި ރައިޓް