ތުރުކީގައި އެކި ބަލިތައް ޖެހިފައިވާ ކުޑަކުދިންނަށް ފައިސާ އެއްކުރުމުގެ ގޮތުން ކުޅެވުނު ޗެރިޓީ މެޗެއް ބަލަން އިން ކުޑަކުއްޖަކު ސިނގިރޭޓު ބޯތީ، އެކަމާއި މެދު އެންމެން ހައިރާންވެގެން އެކުއްޖާ ހުއްޓުވަން އުޅުމުން އެއީ ކުޑަކުއްޖެއް ނޫންކަން ހާމަވެއްޖެއެވެ.

އެ ގައުމުގެ ދެ ކްލަބު ކުޅެ، ލިބޭ ހުރިހާ ފައިސާ އެއް ޑައުން ސިންޑްރޯމް އާއި އޯޓިޒަމްގެ އިތުރުން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ގެންދާ ފަރާތްތަކަށް ހަދިޔާ ކުރަން ނިންމައި ކުޅެވުނު މެޗު ތެރޭގައި ކެމެރާމަނުގެ ސަމާލުކަންވެސް ވަނީ އެ ކުއްޖާ އަށް ހުއްޓިފައެވެ.

ފެންނަ ފެނުމަށް އެއީ ހަމަ ކުޑަކުއްޖެކެވެ. އަދި އޭނާ ސިނގިރޭޓު ބޯން އިނުމުން އެވަގުތު އެތާ އިން އެހެން ކުއްޖަކަށް އެކަމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވާ މަންޒަރުވެސް ފެނިގެން ދިޔައެވެ. މިއާއިއެކު ބައެއް މީހުން އެކަމާއި ބެހޭ ގޮތުން ސުވާލުކޮށް، ހުއްޓުވަން މަސައްކަތް ކުރުމުން އެނގުނު ގޮތުގައި ސިނގިރޭޓު ބޯން އިނީ ކުޑަކުއްޖެއް ނޫނެވެ. އެއީ 36 އަހަރުގެ ބޮޑު ފިރިހެނެކެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ ކައިރީ އިން ކުޑަކުއްޖަކީ އޭނާގެ ފިރިހެން ދަރިފުޅެވެ. ސިނގިރޭޓު ބޯން އިނ މީހާގެ ޒުވާންކަން އެނގުމުން އެތައް ބަޔަކު މީސް މީޑިއާގައި އެވާހަތައް ދައްކަމުން އަންނައިރު، ބައެއް މީހުން ވަނީ އެއީ 36 އަހަރުގެ ފިރިހެނެއް ކަމަށް ގަބޫލު ކުރަން ދެކޮޅުވެސް ހަދާފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޔަގީން

    ދެންކޮބާތަ އޭނަގެއަންހެނުން އަންހެނުންވެސް ހަމައެހާ ކުޑަވާނެބާ

    11
    5
  2. ޒުވާނާ

    އެހެންވެތާ މިރާއްޖޭގައި މިވަރަކަށް ސިގިރޭޓް މިބޮނީ. ސިގިރޭޓް ނުބޮވޭނީ ވަކި ކޮންތާކު. ސިގިރޭޓް މަނާކުރަން ގާނޫނު ހެދި މަޖިލީހުގެ އިމާރާތުގެ ހުޅަނގު ގޯޅީގައި ހޮޓާ ހަދައިގެން ސިގިރޭޓް ބުއިން މަނާ ޖަހައިގެން ދުން އަރުވަން ތިބޭ މަންޒަރުން ނޫން މަންޒަރެއް ނުފެނޭ ވިއްޔާއެވެ. އެތަނަށް އެއްވާ މީހުންގެ އުމުރުވެސް ހުންނާނީ ތިހެން ތޯއްޗެކެވެ.

    18
    1
  3. ޙަލީ

    ކުޑަކުއްޖަކަސް ބޮޑުމީހަކަސް ކުޅިވަރު ސްޓޭޑިއަމެއްގައި ސިގެރެޓް ބުއިމަކީ ރަގަޅުކަމެއްނޫން ، އަދި ކީއް އެއީ އަދަބްލިބެންޖެހޭވަރުގެ ކަމެއް

    19
    1
    • އަދަބު

      މި ރާއްޖެ ތަންތާ ރޯ އޮރިޔާމުން ޖިންސު ލައިގެން ތަން ތަނައް ބާރު ކޮއްގެން އުޅޭއިރު ނުވޭދޯ ކަމަކަށް... މީހަކު ތާކު ސިގިރެޓެއް ބޯލީމަ އެވީ ކަމަކަށް...

      8
      5