އިންޑިއާގެ ޝަމްލީ ޑިސްޓްރިކްޓުގައި އުމުރުން 14 އަހަރުގެ ކުއްޖަކު ރޭޕް ކުރުމަށްފަހު މަރާލައިފިއެވެ.

އިންޑިއާ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، ރޭޕް ކުރުމަށްފަހު މަރާލާފައި އޮއްވާ ފެނުނު އެ ކުއްޖާ އޮތީ ދަނޑުގޮވާމު ހައްދާ ދަނޑަކަށް އެއްލާލާފައެވެ. އެ ކުއްޖާ ފެނިފައި ވަނީ އިއްޔެ އިރުއޮއްސުނު ވަގުތުގައެވެ.

ފުލުހުން ބުނީ، ބެލެވޭގޮތުގައި، އެ ކުއްޖާ މަރާލާފައި ވަނީ ކަރުގައި ހިފައިގެންނެވެ.

ފުލުހުން ބުނީ، އެ ކުއްޖާ ގެއްލިގެން އެކަން ފުލުހުންނަށް ރިޕޯޓް ކުރުމުން، ފުލުހުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުން ދަނިކޮށް އެ ކުއްޖާ އެ ދަނޑު ތެރެއިން ފެނުނުއިރުވެސް، މަރުވެފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ ކުއްޖާގެ އާއިލާއިން ބުނީ، އެ ކުއްޖާ ދިޔައީ އޭނާގެ ބައްޕަގެ މެންދުރުގެ ކެއުން ބަލާ ކަމަށާއި، އެ ދިޔަ ގޮތަށް އެ ކުއްޖާ ގެއްލުނު ކަމަށެވެ.

އެ ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން މިހާރު ވަނީ ފޮނުވާފައެވެ. އެ ކުއްޖާގެ މަރާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެެއެވެ.

އިންޑިއާއަކީ ރޭޕްގެ މައްސަލަތައް އެންމެ ގިނަ އެއް ގައުމެކެވެ. މީގެ ކުރިންވެސް ކުޑަކުދިން ރޭޕްކުރުމަށްފަހު މަރާލި އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    މޯދީ ކަލޭ ބޭކާރު ލާރި ހަރަދުކޮށް އެހެންތަންތަނަށް ހަންފަތުރަންނޫޅެ، އަމިއްލަ ގައުމުގެ ކުޑަ އަންހެން ކުދިންނަށް ރައްކާތެރިކަން ހޯދަދިނިއްޔާ މާތާހިރުވާނެ. ވެރިކަމުގަ ލަދެއް ހަޔާތެއްވެސްނެތި، ރައްޔިތުންނަށް ރައްކާތެރިކަމެއްނެތި އުޅޭއިރު މިކަލޭގެ މިވަރުގެ މީހެއްނެތި ގައްޑާވެފަ އެއުޅެނީ. ނުވާއިރު އިސްތިއުފާ ދީފަގިސް ގޭގަ އޮތިއްޔާ މާތާހިރުވާނެ.

    4
    1
  2. ބުރުތުގާލް

    ރޭޕިސްތާނުގެ މިީހުންނަށް ކުޑަ ކުއްޖެއް ދަރިއެއް ބަކަރިއެއް ކުކުޅެއްޔިސް ރޭޕްކުރަން އޯކޭ އަސްލު އަދިރި ދައުލަތަކިީ ހައްދު ފަހަނައެޅުމަކިީވެސް އެއީ ގެރި މޯދީއަށް ނިޝާނު އިއްޒަތްދީނުގެ ލަގަބު ދިނީމަ ހުތުރުދޯ އިންޑިއާގެ މުސްލިމް އަންހެނުންގެ އަބުރު ކަތިލުމުގެ މޭސްތިޔާއަށް ދޮންބަންޑަާރައިން ފަދަ އޯގާތެރި ރަސްކަލެއްގެ ޝަރަފް ދިނުމަކީ ކޮށްގެންނުވާނެކަމެއް