އުމުރުން 7 އަހަރުގެ ކުއްޖަކު ފާހަނާ ތެރޭގައި މާ ގިނަ އިރުވުމުން އެ ސްކޫލުގެ މުވައްޒަފަކު ކުއްޖާ މަރާލައިފިއެވެ.

އިނގިރޭސިވިލާތުގެ ސްކޮޓްލޭންޑްގެ ކުޑަކުދިންނާއި ބެހޭ ކޮމިޓީ އިން ބުނެފައިވަނީ އަލްޑޯ މޮރޯނީ މަރާލާފައިވަނީ ފާހަނާ އަށް ފޮނުވުމުން ފާހަނާ ތެރޭގައި މާ ގިނައިރު ހޭދަކުރުމުން ކަމަށެވެ. އަލްޑޯ މަރާލާފައިވަނީ ސްކޫލްގައި އުޅޭ މުވައްޒަފެއް ކަމަށް އެކޮމެޓީން ވެސް ބުނެއެވެ.

އަލްބޯ މަރުވެފައިވަނީ ތަޅައިގަތުމުން ބޮލަށާއި ހަށިގަނޑަށް ލިބުނު އެކި ވަރުގެ ޒަހަމްތަކުގެ ސަބަބުން ކަމަށް މަންޒަރު ފެނިފައިވާ ފަރާތަކުން ވަނީ ކުޑަކުދިންނާއި ބެހޭ ކޮމިޓީ އަށް ކިޔައިދީފައެވެ.

އެ ކޮމިޓީ އިން ބުނެފައިވަނީ އަލްޑޯ ގައި ތެޅި އަޑު އިވުނު ފަރާތްތަކުން އެ ކަން ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަން ހިނގާފައިވަނީ ފާހަނާ ބޭރުގައި ކަމަށެވެ.

އަލްޑޯ ގެ މަރުގެ ހަބަރު އެ ސްކޫލްގައި ކިޔަވަމުންދާ އިތުރު ކުދިންނަށް އިވުމުން ސްކޫލް އިންވަނީ އަލްޑޯ މަރުވެފައިވަނީ ހިތް ހުއްޓިގެން ކަމަށް ބުނެފައެވެ.

އަލްޑޯ މަރާލި މައްސަލާގައި ސްކޫލްގެ މުވައްޒަފު ފުލުހުންނަށް މަރާލާފައިވަނީ ކާކު ކަން ކިޔައިދީފައިވާކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އެހެން ކަމުން ފުލުހުން އަންނަނީ އަލްޑޯ މަރާލި މައްސަލާގައި ސްކޫލްގެ މުވައްޒަކު ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު