ރަޝިޔާގެ އެއްމާބަނޑު އަންހެން ދެ މޮޑެލުން އާއްމުންގެ ސަމާލުކަން ހޯދުމަށްޓަކައި ފަގީރަކަށް ކާންދޭ ވީޑިއޯ މީސް މީޑިއާގައި ހިއްސާ ކުރުމާއި އެކު އެތައް ބައެއްގެ ފާޑުކިޔުން އެމީހުންނަށް އަމާޒުވެއްޖެއެވެ.

އެޑްލިޔާ އަދި އެލީނާ ފަޓްކީން އަކީ ރަޝިޔާގެ މުއްސަނދި މީހެއްގެ 24 އަހަރުގެ ދެ ދަރިންނެވެ. އެ މީހުން ވަނީ ދާދި ފަހުން ވީޑިއޯ ހެދުމުގެ މުބާރާތެއްގައި ބައިވެރިވެފައެވެ. ނަމަވެސް، އެމީހުން މި މުބާރާތަށް ހުށަހެޅި ވީޑިއޯ އާއި އެ ވީޑިއޯ އާއި އެކު ހިއްސާ ކުރި ބަސްތަކުން އާއްމުންގެ ލޯބީގެ ބަދަލުގައި އެމީހުންނަށް ލިބިގެން ދަނީ ރުޅިވެރިކަމާއި ނަފުރަތެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ދެމީހުން އަގުބޮޑެތި، ގުޅޭ ހެދުން ލައިގެން މަގުމަތިން ދަނިކޮށް ފަގީރަކު ފެނުމުން ވަނީ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް އެތަނަށް ކާނާ ގެނެސްފައެވެ. ޖަޕާނު މީހުން ކައި އުޅޭ ޝޫޝީ ގެނައުމަށް ފަހު ޗޮޕްސިޓުން އެމީހުން ވަނީ ފަގީރު މީހާ އަށް ކާން ދީފައެވެ.

ފަގީރު މީހާ އަށް ކާން ދެނީ

މި ވީޑިއޯގައި އިން ފަގީރު މީހާ އަކީ ހަގީގަތުގައިވެސް ފަގީރެއް ކަމަށް ރަޝިޔާގެ މީޑިއާ ރިޕޯޓްތައް ބުނާއިރު، އޭނާ އައު ފުރޮޅުލީ ގޮނޑިއެއް ބޭނުންވެގެން އުޅޭތާ މިއީ 6ވަނަ އަހަރު ކަމަށްވެސް ވެއެވެ.

އެ ވީޑިއޯ ހިއްސާ ކުރަމުން އެ ދެ ޓްވިންސުން ބުނެފައި ވަނީ މަގުމަތީގައި އުޅޭ ބުޅާތައްވެސް ފަގީރު މީހުންނަށް ވުރެން މާ ރީތި ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފައިކަން ފާހަގަކޮށްލެވެއެވެ.

އެ މީހުން ބައިވެރިވި މުބާރާތުގައި އެއްވަނަ ލިބޭ ވީޑިއޯ އަކަށް އެންމެ ފަހުގެ އައިފޯނާއި އެޕަލް ގަޑިތައް ދޭން ހަމަޖެހިފައި އޮތް އިރު، އެ ދެމީހުން މޮޅެއް ނުވެއެވެ. ނަމަވެސް، އެމީހުން ބޭނުންވި ގޮތަށް ސަމާލުކަން ވަނީ ލިބިގެން ގޮސްފައެވެ.

އެމީހުން އާއްމު ކުރި ވީޑިއޯ ތިރީގައި އެވަނީއެވެ.

 

ކިޔުންތެރިންގެ ހިޔާލު