ފޮޓޯ އިން ތިޔަ ފެންނަނީ އޭމީ ވިލިއަމްސް ނަމަކަށް ކިޔާ 21 އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ. އޭމީގެ ފައިގެ ފޮޓޯތައް ފޮނުވުމުން އޭގެ ބަދަލެއްގެ ގޮތުގައި އެތައް ހާސް ޕައުންޑެއް ފޮނުވާ ފިރިހެނަކު ހުންނަ ކަމަށް އޭމީ މިވަނީ ދާދި ފަހުން ބުނެފައެވެ.

އޭމީ ބުނާ ގޮތުގައި އެ ފިރިހެން މީހާ އަކީ ކާކު ކަމެއްވެސް ނޭނގޭ ކަމަށާއި، ފައިގެ ފޮޓޯތަކުގެ ބަދަލުގައި އެ މީހާ ފައިސާ ފޮނުވާނެ ކަމަށް ބުނުމުން ވާގޮތެއް ބަލަން ފޮނުވީ ކަމަށެވެ. އޭމީ އެންމެ ފުރަތަމަ މިކަން ކުރިއިރު އޭނާ ފައިސާ ފޮނުވާނެ ކަމަކަށް ހިއެއް ނުކުރެއެވެ. ނަމަވެސް، އޭގެ ފަހުން އެތައް ފަހަރެއްގެ މަތިން އެ ފިރިހެން މީހާ ފައިސާ ފޮނުވާފައިވާ ކަމަށް އޭމީ ބުނެއެވެ.

އޭމީ

އެންމެ ފަހުން އޭނާ ފޮނުވާފައި ވަނީ 2500 ޕައުންޑެވެ. އެއީ 47،703 ދިވެހި ރުފިޔާ އެވެ. މިވަރަށް ފައިސާ ފޮނުވުމުން އޭމީ ވަނީ އޭނާގެ ގްރޫޕް ޗެޓުގައި ތިބޭ ހުރިހާ އަންހެން ކުދިން ގޮވައިގެން ޝޮޕިންގ އަށް ގޮސްފައެވެ.

އެ ގްރޫޕް ކުރި ސޮޕިންގެ ބޮޑުކަމުން އެ ސާމާނުތައް ގެއަށް ޑެލިވަރީ ކޮށްދީފައި ވަނީވެސް ޕިކަޕެއްގައިކަން ފާހަގަކޮށްލެވެއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ފައިސާ ފޮނުވާ މީހަކީ މުސްކުޅިއެކެވެ. އޭނާ މިކަން ކުރާ ބޭނުމެއް އެއްވެސް މީހަކަށް ސާފުވެފައި ނުވާއިރު އެތައް ބަޔަކު އަންނަނީ އޭމީ މިފަދަ ކަމެއް ކުރުމުން އޭނާ އަށް ނުވިސްނޭ ކަމަށް ބުނަމުންނެވެ.

އޭމީ ގަނެފައިވާ ބައެއް ސާމާނުތައް. ރިޕޯޓުތައް ބުނާގޮތުން ކޮންމެ ހަފްތާ އަކު އެއް ފަހަރު އޭމީ އަށް ފައިސާ ލިބޭ

އެއީ އެގޮތަށް ފައިސާ ފޮނުވާނެ ކަމަށް ބުނެ ބޭންކުގެ މައުލޫމާތުތައް ހޯދަންވެސް މީހަކު އުޅެފާނެތީއެވެ. ނަސީބަކުން އޭމީ އަށް އެފަދަ ކަމެއް ނުވެއެވެ. ނަމަވެސް އޭނާ ކަންތައް ކުރި ގޮތައް ނުދަންނަ މީހުންނަށް ފޮޓޯ އާއި ބޭންކު ތަފްސީލްތައް ދިނުމަކީ ބުއްދިވެރި ކަމެއް ނޫނެވެ.