ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރ އަދި ފްޓްނެސް ގުރޫ ސުނިލް ޝެޓީ ދިވެހިބަހުން ޓްވީޓުކޮށްފިއެވެ.
ސުނިލް ޝެޓީ ދިވެހި ބަހުން ކޮށްފައިވާ ޓުވީޓުގައި ބުނެފައި ވަނީ ކާމިޔާބު ގައުމަކަށް އެންމެ މުހިންމީ ދުޅަހެޔޮ ރައްޔިތުން ކަމަށާއި، އަދި ރާއްޖެއަކީ ދުނިޔޭގެ އެންމެ ރީތި އެއް ގައުމުކަމަށާއި މިގަމުމުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ޔޫތް މިނިސްޓަރ މަހުލޫފު އާއި އެކު މިޝަން ފިޓް މޯލްޑިވްސްގައި މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ. އަދި އޭނާ ކުރި ޓްވީޓުގައި ވަނީ ރައީސް ސޯލިހްގެ ދުޅަހެޔޮ ގައުމު ސޯޝަލްމީޑިއާ ހޭޝްޓެގް، (ހޭޝްޓެގް ހަށިހެޔޮ ދުޅަހެޔޮ) ބޭނުންކޮށްފައެވެ.
ކާމިޔާބު ޤައުމަކަށް އެންމެ މުހިންމީ ދުޅަހެޔޮ ރައްޔިތެއް. ރާއްޖެއަކީ ދުނިޔޭގެ އެންމެ ރީތި އެއް ޤައުމު އަދި ހިތްހެޔޮ ރައްޔިތެއް އުޅޭ ޤައުމެއް. ރައީސް @ibusolih އަދި މިނިސްޓަރ @AhmedMahloofގެ ޓީމާއެކު #MissionFitMaldives ގައި ބައިވެރިވުމަކީ ލިބޭ ބޮޑު ޝަރަފެއް. #HashiheyoDhulhaheyo pic.twitter.com/SR5mSBcDZp
— Suniel Shetty (@SunielVShetty) October 12, 2019
ސުނިލް ޝެޓީ މިމޭރުމުން ޓްވީޓުކޮށްފައި ވަނީ ރާއްޖޭގެ "ދުޅަހެޔޮ އެމްބެސެޑަރަަށް" ޔޫތް މިނިސްޓްރީ އިން އޭނާ ކަނޑައެޅުމާ ގުޅިގެންނެވެ. ޔޫތް މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި ސުނިލް ޝެޓީ ދުޅަހެޔޮ އެމްބަސެޑަރަކަށް އައްޔަން ކޮށްފައި ވަނީ ރައްޔިތުންގެ ދުޅަހެޔޮކަން ކުރިއަރުވައި ދެމެހެއްޓުމަށްޓަކާ ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިންނެވެ.
އެގޮތުން މިޝަން ފިޓް މޯލްޑިވްސް އަކީ އެއަމާޒައް ވާސިލުވުމަށްޓަކާ ރާއްޖޭގެ ހުރިހައި ކަންކޮޅުތަކެއްގައި ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށް އެ މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.
"އެމްބެސެޑަރ އޮފް ފިޓްނެސް" ގެ މަގާމު ސުނިލް ޝެއްޓީއަށް ދީފައިވާއިރު، މީގެ ކުރިން މިނިސްޓަރ މަހުލޫފް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ބޮލީވުޑްގެ ގިނަ ތަރިންތަކަކާ ވަނީ ބައްދަލުކުރައްވާފައެވެ. އޭގެ ތެރެއިން އެއް ތަރިއަކީ ސުނިލް ޝެއްޓީއެވެ. އަދި އެފަހަރު އޭނާ އާ ބައްދަލުކޮށް، ރާއްޖޭގެ ފިޓްނެސް ދާއިރާއަށް އޭނާގެ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެމްބަސަޑަރުކަން ސުނިލްއަށް ލިބުމާ އެކު މަހުލޫފް ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ.
ސުނިލް ހާދަ ގަދަކޮށްފިއޭ ދޯ... އެހެންތާ ވާނީވެސް، ހައްތަހާވެސް ދިވެހީން
މަހޭލިޔެފަ ފޮނުވީ ދޮތަ
މަމެންގެ ސްޓޭޓެކޭތީ. އަދި ނޭގިގެން ތިއުޅޭނީ. މިއަންނަނީ. ނުވެސް ފައިބާނަން. ތިގައުމާ ރައްޔިތުންގެ ނަންވެސް ޖެހޭނީ ބަދަލުކުރަން.