މިޒަމާނުގެ ޒުވާން ކުދިން އުޅޭ ގޮތެވެ. ދަންވަރު ނުއެއް ނިދާނެއެވެ. އޮންނާނީ ކޮންމެވެސް "ބިޓަކަށް" ގުޅައިގެންނެންވެ. ލޮލުފިޔަ ޖަހާނުލާނެއެވެ. ހައެއްކަ ގަޑިއިރު މާ ފޮޅުވާން އޮންނާނެއެވެ. ނިދާނީ ފަޖުރުއްސާދިގުގެ އަލިކަން ފާޅުވީމައެވެ. އޭގެ ކުރިން އެންމެ ރެޔަކުވެސް ނުނިދާނެއެވެ.

މިދައްކަނީ މިއަދުގެ ގިނަ ޒުވާނުންގެ އުޅުން ހުންނަ ގޮތުގެ ވާހަކައެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކުއްޖާއާއި އެކު ކަންކުރާ ގޮތުގެ ވާހަކައެވެ. ކޮންމެ ރެޔަކު ތިބޭނީ ނުނިދައެވެ. ފޯނުން ގުޅައިގެން މާ ފޮޅުވާށެވެ. އެހެން ތިބެ ދައްކާ ވާހަކައެއްވެސް ނޭނގެއެވެ. ހަމަގައިމުވެސް ދަން ގަޑީގައި ސަހަލަ ވާހަކައެއް ނުދައްކާނެކަން ކަށަވަރެވެ.

"ބިޓަށް" ގުޅަން ރޭގަނޑު ދަންވަރުގެ އަރާމު ނިދި ނަގާލީ ކިތައް މިހުންތޯއެވެ؟ ކިޔެވުން ހަނދާން ނައްތާލާ، އިމްތިހާނު އޮންނަ ދުވަހުގެ ކުރީ ރޭވެސް ތިބެނީ މާ ފޮޅުވާށެވެ. ނަތީޖާއެއްގެ ގޮތުން އިމްތިހާނުން ވަނީ ފެއިލްއެވެ. ދަންވަރު ނުނިދާ ފޯނުގައި އޮތުމުގެ ސަބަބުން އަދާކުރާ ވަޒީފާއަށްވެސް ބުރުއަރައެވެ. ވާނީވެސް އެހެންތާއެވެ. އޮފީސް މޭޒުމަތީގައި ބޯޖަހައިގެން ނިދެނީއެވެ.

ދުވަސްތައް މިހެން ފާއިތުވަމުންދާ ވަރަކަށް ދެމީހުން ދާނީ ދުރުވަމުންނެވެ. ކޯލުތައް ދާނީ މަދުވަމުންނެވެ. ދެން އެހެންގޮސް ދެމީހުން ދުރުވެ "ބްރޭކްއަޕް" ވެއެވެ. އެހާހިސާބުން ހޭލާތިބެ އެ ކުރި ކޯލްތައް ކުރެވުނީތީ ހިތާމަކުރެެއެވެ. ވާނީވެސް އެހެންތާއެވެ. ނުނިދާ އޮވެ، މާފޮޅުވުމަށް ނަގާލެވުނު ނިދި މަތިން ހަނދާންވެއެވެ. އެ ރޭރޭ އޭނާއަށް ނުގުޅާ، އަރާމުކޮށް ނިދާލެވުނު ނަމަ މާ ރަނގަޅު ވާނެ ނޫންހޭ ހިތަށް އަރައެވެ.

ޤާފިލް ނިދިން ހޭލާކަށް ނުވޭހެއްޔެވެ؟ މި އުޅުން ދޫކޮށްލަން އަދިވެސް ނުވޭއްހެޔެވެ؟ ދަންވަރު ގުޅައިން އޮންނަ މީހާ ތިމާ ދޫކޮށްފައި ދާނެއެވެ. ވުމާއެކު ނުނިދާ އޮތުމަކީ އެއީ ހަމަ ބޭކާރު ކަމެވެ. ތިމާއަށް ހަމަ ލިބޭނީ ހަސްކާއެވެ. ދެންވެސް ދަންވަރުގެ ނިދި ނަގާނުލާށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ށސޮނިފޮހެުގެ މަަންމެ

    މިހާރު ނުނިދާ މީހުންގެ ފިރިންނާ ގުޅައިގެން މާފޮޅުވަން ތިބެނީ މުސްކުޅި އަންހެނުުން ހިނިވެސް އާދޭ އުޅޭގޮތެއް މިސްކޯލް ވެސްޖަހާލަ ޖަހާލަ ތިބޭނީ ފޯނުނުނެގިޔަސްހެޔޮ މިސްކޯލްދެބަންދިހާރުން ގިނަކަން ފާހަގަ ކުރެވޭ

    4
    10
  2. ޖިއްބެ

    އިދެގެން މި އުޅެނީ...ދެދަރިންވެސް އެބަތިބި. ހެޕީ...

    22
  3. މީހާ

    މިހާ ރު އެބިޓާ ކައިވެނިކޮށްގެން މިއުޅެނީ

    21
  4. ަެއަހަރެން

    ހަހަހަހަ

  5. އަސް

    މިހާރު އެ މަންޖެ އާ އިނދެގެން ފަސް ދަރިން ވެސް އެބަތިބި. ކައިވެންޏަށް 20 އަހަރު.؟

  6. ޜަމިލަަ

    ނެތެނމިހަަަަަަރަކު

  7. ބިޓު

    މިހާރު ކުދިން ނޫޅޭނެ ދަންވަރު ބިޓުން ނާގުޅައިގެން ނެތް. ޢެއީ 90 ގެ ކަމެއް ، އަދި ތަންކޮޅެއް ފަހަތުގަ ތިއުޅެނީ،

  8. ޒާލަތުން

    އަންހެންވެރިން ނުގުޅާނެ މާރަގަޅުވާނެ އެއަށްވުރެން!
    80 ކުރީކޮޅު އުޅުނު ތޯއްޗެއްމިއުޅޭ ފިރިހެންވެރިން!
    ކާފަ ކިޔާދިން އެވާހަކަ ވަރަށް ހަނދާން ކޮއްކޮއްގެން ގައިމް އެހާޒަމާންވީމަތާއެއީ!