ލޯބީގެ ގޮތުން ގުޅިގެން ހަ އަހަރު އުޅުމަށްފަހު ދެ މީހުން ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރުއެވެ. ބޮޑު ކައިވެނީގެ ހަފްލާއަކަށްފަހު ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިިންގް ޒަވާޖީ ހަޔާތުގެ ދަތުރު ވަަރަށް ފުރިހަމަކަމާއެކު ފެށިގެން ދިޔައިރު، ދިޕިކާ މި އޭނާގެ ކައިވެންޏާއި ގުޅޭގޮުން ގިނަ ވާހަކަ ހިއްސާކޮށްފައެވެ.

ފެމިނާ އާ ވާަހަކަދައްމުން ދިޕިކާ ބުނީ، އޭނާގެ ލޯބިވެރިޔާއާ ކައިވެނި ކުރުން ވެގެން ދިޔައީ އޭނާގެ ހަޔާތުގައި ކުރެވުނު އެންމެ ރަނގަޅު ކަންތައް ކަމަށެވެ.

"މިއީ އަހަރެންގެ ދިރިއުޅުމުގައި، އަހަރެމެންގެ ދިރިއުޅުމުގައި ނެގި އެންމެ ރަނގަޅު ފަޔަވަޅު".

ދިޕިކާ ބުނީ، މިހާރުވެސް ހީވަނީ ދެ މީހުން ޑޭޓް ކުރަނީ ހެން ކަމަށާއި، އެހެން ނަމަވެސް ތަފާތަކީ ގިނައިން ދެ މީހުން ފެންނާތީ ކަމަށެވެ. އަދި ކައިވެންޏަކީ ވަރަށް ގިނަ ޒިންމާތަކެއް އެކުލެވިގެންވާ އެއްޗެއް ކަމަށް ދިޕިކާ ބުންޏެެވެ.

ދިޕިކާ ބުނީ، ދިރިއުޅުމުގެ ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަން މީހަކު ހުރުމުން ވަރަށް ފަސޭހަ ކަމަށެވެ. އެގޮތުން ބޭނުން ކަމަކާއި ގުޅޭގޮތުން ވާހަކަދެއްކޭ ކަަމަށް ދިޕިކާ ބުންޏެވެ.

ދިޕިކާ އާއި ރަންވީރު ކައިވެނިކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.