ޕްލޭޔާ އަން-ނޯންސް ބެޓްލް ގްރައުންޑް ނުވަތަ އާއްމު ނަމުން ނަމަ ޕަބްޖީ އަކީ މިދިޔަ އަހަރު ދުނިޔޭގެ އެންމެ ގިނަ ބަޔަކު ކުޅެފައިވާ މޮބައިލް ގޭމެވެ. ކޮންމެ ދުވަހަކުވެސް އެތައް މިލިއަން ބަޔަކު މި ގޭމު ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން ކުޅެމުން އަންނައިރު ރާއްޖޭގައިވެސް "ޕަބްޖީ ހުންގަނޑު" ޖެހިގެން 24 ގަޑިއިރު ވަންދެން އެ ގޭމް ކުޅެން ޒިވާނުން ތިބި ދުވަސްކޮޅެއްވެސް ދިޔައެވެ.

ނަމަވެސް، ކުރިއާއި އަޅައި ކިޔާއިރު މިހާރު ޕަބްޖީ ކުޅޭ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ކުރީގައި ރައްޓެހިން ވާދަ އަށް އެކި ފާޑު ފާޑުގެ ހެދުންތައް ގޭމު ތެރެއިން ގަނެގެން "އޭސް" ލެވެލް އަށް އަރުވަން މަސައްކަތް ކުރާއިރު، މިހާރު ގިނަ މީހުން އެ ގޭމު ކުޅެލަނީ ފޫހި ފިލުވައިލަންށެވެ. ނުކައި ނުބޮއި އެ ކުޅެން މިހާރު ވަރަށް މީހުން ނުތިބެއެވެ.

ޕަބްޖީ އަށް އެޑިކްޓު ވެފައި ހުރި ޒުވާނެއް

މިއީ ރަނގަޅު ކަމެކެވެ. އެހެނީ ޕަބްޖީ ކުޅެގެން ވަކި ފައިދާ އެއް މުސްތަގުބަލަށް ނުކުރާއިރު އެތަކެއް ވަގުތުތަކެއް ބޭކާރުވެ، ގިނަ ވަގުތު ފޯނަށް ބަލަހައްޓައިގެން އޮތުމުން ލޮލުގެ ފެނުމަށްވެސް އޭގެ ނޭދެވޭ އަސަރު ކުރެއެވެ.

އޭގެ ބަދަލުގައި މިހާރު މީހުން ކުޅޭ ހެން ފޫހި ފިލުވާލަން ދެ ތިން ގަނޑު ޖަހާލުމަކުން މައްސަލަ އެއް ނެތެވެ. އޭރު ނުނިދައި ޕަބްޖީ ކުޅެން އޮވެވޭތީ "މޮޔަ ހީވެޔޭ" ކިޔާފައި މީހުން މީސް މީޑިއާގައި ސްޓޭޓަސްތައް އަޕްލޯޑް ކޮށްފައި ހުންނަލެއް މިހާރު މަދެއް ނޫނެވެ. މިއީ ޕަބްޖީ ހުންގަނޑު ރާއްޖެ އިން ފިލަމުން ދާ ކަމުގެ ނިޝާންތައް ކަމުގައި ވާއިރު ތިމާ އަށް މިކަން ފާހަގަ ކުރެވުނު ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. މުހަންމަދު

  އެނަމީސް އެހެޑް!

  33
 2. އަލިފުތު

  މަޑުމަޑުން "ކޮޑް"ގެ ހުންގަނޑު ޖެހޭހެން އެބަ ހީވޭ މިހާރު

  15
  1
  • އޭއި

   ކޮޑެއް ނޫން... ސީއޯޑީ???‍♀️

   5
   2
   • ހަމް

    ސީއޯޑީ އެއްނޫން..ބޮޑުމަސް.

 3. ޕްލޭޔަރސް އަންނޮއުން ބެޓަލްގްރައުންޑް ޕަބްޖީ

  ގެޓް ޓު ދަ ސޭފް ޒޯން

  17
 4. މާމިގިލީ މީހާ

  ޕަބްޖީ ކުޅޭނީ ހުސް ބޮޓުން. އެއީ ބުރުމާ ކަހަލަ ބޮޓުން ކުޅޭ ގޭމެއް.

  12
  14
 5. ޖުލައި

  އައި ގޮޓް ސަޕްލައީސް

 6. އާދޭސް

  މިޤައުމުގައިވެސް ސްކޫލްކުދިންނާއި ޒުވާނުން މިފަދަ ގޭމްތަކުގައިޖެހި ވަގުތާއި، ސިއްހަތާއި، ކިޔެވުމާއި، ހަލާކުވެނިމިދަނީ... ބޭރު ގިަނަޤައުމުތކުން މިފަދަ ގޭމް ތަކަށް ނުވަދެވޭ ގޮތަށް ހެދި އިރު މިޤައުމުން މިކަން މިގޭމްތަކަށް ނުވަދެވޭ ގޮތަށް ބްލޮކްކުރާނީ ކޮންދުވަހަކުންބާ... އާދޭސް ކުރަން ބްލޮކްކޮއްދެއްވާ....

  9
  13
  • ކުރުބާ

   ގޭމް ބްލޮކް ކުރެވޭނީ ފުރަތަމަ މިތާ ޕޯން ބްލޮކް ކޮށްފަދޯ. މިއޮށް ކައިރި ގެރިއަށް އަޅުކަންކުރާ އިންޑިއާގަވެސް ޕޯން ބްލޮކްޑް. އެކަމު މި 100% މުސްލިމް ގައުމުގަ ވަދެވޭ.

   15
   1
 7. ފަރޭ

  ބުރޯ ކޯލް އޮފް ޑިއުޓީ މިހާރު އެއްޗަކީ. އެއީ ޕަބްޖީ ކުޅޭ މީހުން މަދުވެގެން އުޅޭ ސަބަބަކީ

  9
  1
 8. ޢަބްދުﷲ

  އަލްޙަމްދު ލިﷲ، ތިފަދަ ބޭކާރުކަންކަމުން ދިވެހި މުސްލިމްތަކުން ސަލާ،މަތް ކުރައްވައި ފޫހި ފިލުވާލުމަށްވެސް ނަބީބޭލަކުންގެ ވާހަކަތަކާައި އިސްލާމީ ތާރީޚާއި ދެންވެސް ދިރިއުޅުމަށް ބޭނުންތެރި ދީން ހުއްދަ ކުރާ ކަންކަމުގައި މަސްއޫލްވެ އުޅުމުގެ ޝައުޤުވެރިކަން ހިތްތަކުގައި ލައްވާންދޭވެ! އާމީން

  17