މިއީ މިހާރު ދުނިޔޭގައި އެންމެ ރީތި ކުއްޖާގެ ލަގަބް ހޯދާފައި މި ވަނީ ރަޝިއާގެ އުމުރުން ހަ އަހަރުގެ އަންހެން ކުއްޖެކެވެ. ރަޝިއާއަށް ނިސްބަތްވާ އަލީނާ ރީތިކަމުގެ ވާހަކަ އެތައް ބަޔަކު ދައްކަމުން އަންނައިރު، އޭނާގެ އިންސްޓަރްގާމް އެކައުންޓުގައި 22000 އަށްވުރެ ގިނަ ފޮލޯވާސް އެބަތިއްބެވެ.

އުމުރުން ހަތަރު އަހަރުގައި އޭނާ މޮޑެލިންގ ދާއިރާއަށް ނުކުމެއްޖެއެވެ. އެއިރުވެސް އޭނާ ފެޝަންއާއި ގުޅުން ހުރި އެކި ކެމްޕޭންތަކުގައި ފިޔަޖަހަމުން ދިޔައެވެ. އޭނާ ވަނީ މަޝްހޫރު އިޓަލިއަން ބްރޭންޑްތައް ކަމަށްވާ މޮނަލިސާ ކިޑްސް، ރަޝިއާ ޔުޑަސްކިރް ކިޑްސް، އަދި ގްލޯރިއާ ޖީންސް ފަދަ ބްރޭންޑްތައް އިޝްތިހާރު ކޮށްދީފައެވެ.

އަލީނާ އުމުރުން ކިތަންމެ ހަނގު ނަމަވެސް، އޭނާގެ ރީތިކަމާއި، އެ ރީތި ހިނުތުންވުމަށް އެތައް ބަޔަކު ތައުރީފް ކުރެއެވެ. އޭނާ ވަނީ ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ ފެޝަން މެގަޒިންތަކަށް ފޮޓޯ ޝޫޓްވެސްކޮށްފައެވެ.

އަލީނާ އޭނާގެ އިންސްޓަގްރާމް ވަރަށް ހިންގާލައެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭނާ އިންސްޓަގްރާމްއަށް ފޮޓޯ ހިއްްސާކޮށް ހަދައެވެ.އަދި ގިނަ ބަޔަކު އޭނާއަށް ތައުރީފްވެސްކޮށް ހަދައެވެ.

މީގެ ކުރިންވެސް ކުޑަ ކުދިން މޮޑެލްގެ ދާއިރާގައި ފިޔަޖަހާ އެތައް ބައެއްގެ ސަމާލުކަން ހޯދައެވެ.