ދުނިޔޭގެ ގިނަ ގައުމުތަކުގެ މީހުންނަށް ކަމުދާ ބޯވާ އަކީ ކާލަން މީރު ނަމަވެސް ހޯދަން ބުރަ މަސައްކަތެއް ކުރަން ޖެހޭ އެއްޗެކެވެ.

ބޯވައަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ މީރު އެއްޗަކަށް ވެފައ ިއޮތް ނަމަވެސް ބައެއް ފަރާތްތަކަށް ބޯވަ ނެގުމަކީ އުނދަގޫ ކަމެކެވެ. ނޫނީ ކުރަން ނޭނގޭ ބިރުވެރިކަމެކެވެ. އެއީ ބޯވާ ނަގާ ކޮންމެ ފަހަރަކު މޫދުގައި ބޯވާތަކަށް ފާރަލައިގެން އުޅޭ ވެންތަކާއިވެސް ދިމާވާތީއެވެ.

ޒަމާނުއްސުރެ ގިނަ ބަޔަކު އަންނަނީ އެކި ގޮތްގޮތަށް ބޯވަ ތައްޔާރު ކޮށްގެން ކަމުންނެވެ. ބައެއް ފަރާތްތަކުން ބޯވާގެ ހަންގަނޑު ސާފު ނުކޮށް ކާ ހިތްވާއިރު އަނެއް ބަޔަކަށް ކެވެނީ ހަންގަނޑު ސާފުކޮށްގެންނެވެ. އަދި ބައެއް ފަރާތްތަކުން ބޯވަ ދިރި އޮތްވާ ވެސް ކާލައެވެ. ނަމަވެސް އާއްމުގޮތެއްގައި މިހެން ކައި އުޅެނީ ބޭރު ގައުމުގެ މީހުންނެވެ.

ބޯވާއަކީ ދުނިޔޭގައި އުޅޭ މަސްތަކުގެ ބާވަތްތަކުގެ ތެރެއިން އެންމެ ތަފާތު އެއް ޖަނަވާރެވެ. މޫދުގައި އުޅޭ ބޯވާއަށް ކިތަންމެ ހިމަ ތަނަކުންވެސް ދެމި ގަނެވޭނެއެވެ. މީގެ އިތުރުންވެސް ޝިކާރަ ކުރާ މަސްތަކުން ސަލާމަތްވުމުގެ ބާރު ބޯވާއަށް އޮވެއެވެ. މިކަން ކުރާ ގޮތަކީ މޫދުގައި އުޅޭ ޖަނަވާރުތަކަށް ނުފެންނަ ގޮތަށް އޭގެ ކުލަ ބަދަލު ކޮށްގެންނެވެ. ބޯވާތައް ފިލަން ބޭނުން ވެގެން ހޮރެއް ނުލިބި، މިސާލަކަށް ހޮރުގެ ތެރޭގައި ވެމެއް އުޅެންޏާ ވަގުތުން ބޯވަގެ އެއްފައިދީ އެ ހޮރު ގަނެލައެވެ.

ވިސްނުމުގެ ބާރު ގަދަ ބޯވާއަކީ ކުރިން ކުރި ކަންތައް ހަދާނުގައި ބެހެއްޓުމުގެ ބާރު ހުންނަ ޖަނަވާރެކެވެ. ބޯވަ ނަގަން ބައެއް ފަރާތްތަކުން އެއްވެސް ކަހަލަ އާލާތެއް ބޭނުމެއް ނުކުރެއެވެ. ބައެއް ފަރާތްތަކުން އުވަ އަދި ބްލީޗް ވެސް ބޭނުންކޮށް އުޅެއެވެ.

މިދެންނެވި އުވަ ނުވަތަ ބްލީޗް އަޅާލުމުން އިރުކޮޅެއްގެ ތެރޭގައި ހޮރުގެ ތެރޭގައި ފިލާފައި އޮންނަ ބޯވަ ނުކުންނަން ދިމާކުރާނެއެވެ. މިވަގުތަކީ އެބޯވަ ނަގަންގޮސް ހުންނަ މީހާ އެންމެ ހުށިޔާރު ވެގެން ހުންނަ ގަޑިއެވެ. ބޯވަ ހޮރުން ނިކުމެގެން ނައްޓާލުމުގެ ކުރިން އެމީހަކު އޭގެ ބޮލުގައި ހިފައި ބޯ އަނބުރާލައެވެ. އެއީ ބޯވަތައް އެމީހެއްގެ ބާރުގެ ދަށަށް ގެނެވުނީއެވެ. މިވަގުތު ބޯވާ ބިރުން ވިހަތައް ދޫކޮށްލާއިރު ވެންތައްވެސް ބޯވާގެ ފައި ކާލުމަށް އެދިމާލަށް އަންނާނެއެވެ.

މިއީ ބޯވާ ނަގާ ގޮތެވެ. މިވާހަކަ ދެއްކުމުން ކުޅި ދިޔާވާ އެތައް ބަޔަކުވެސް އުޅޭނެއެވެ. އެހެން ވެއްޖެކަމުގައި ވަނީނަމަ އަވަހަށް ބޯވާ އެއް ކާލަން އުޅެން ވީ އެއްނޫން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މަސާ

  ނުވޭ ކުޅު ދިޔަލެއް...

  7
  2
 2. Anonymous

  ކާހިއްވެ، އެކަމު ކީއްކުރާނީ. މުސާރަ ނުލިބޭތާ 5 މަސް. ކުންފުނިން އަންގަނީ މަސައްކަތެއް ނުލިބޭ، ގައުމު ހުއްޓިއްޖޭ، ބަޖެޓު ހުސްވެގެން މިދިޔަ ވެރިކަމުގަ ހަޒާނާގަ ރައްކާކޮއްފަ ހުރި ވަކިލާރި ކޮޅުވެސް އެކިނަންމަތީގަ ގާތްމީހުނަށް ދީހުސްކޮއްފިޔޭ، ނުވިތާކައް ދީންވެސް އެވެރިންނައް ވިއްކާލައިފިޔޯ!

  11
  2
 3. ނަގޫރޯޅި

  ކާހިއްވެ، އެކަމު ކީއްކުރާނީ. މުސާރަ ނުލިބޭތާ 5 މަސް. ކުންފުނިން އަންގަނީ މަސައްކަތެއް ނުލިބޭ، ގައުމު ހުއްޓިއްޖޭ، ބަޖެޓު ހުސްވެގެން މިދިޔަ ވެރިކަމުގަ ހަޒާނާގަ ރައްކާކޮއްފަ ހުރި ވަކިލާރި ކޮޅުވެސް އެކިނަންމަތީގަ ގާތްމީހުނަށް ދީހުސްކޮއްފިޔޭ، ނުވިތާކައް ދީންވެސް އެވެރިންނައް ވިއްކާލައިފިޔޯ!

  7
  1
 4. މާމިގިލީ މީހާ

  ބުލިޗް ޖަހާގެން ނަގާ ބޯވަ ކާކައް ނުވާނެ. އޭގެ އަސަރު ކާ މީހުންނައް ވެސް ކުރޭ. ވިއްކާ މީހުން ނަގާ ގޮތް އެއީ. އަސްލު ބޯވަގެ ފައި ބުރިވެފަ ހުންނަނީ ބޯވަ ކަކުނި އަތުލާ އިރު އޭގެ ބޮޑު ބަރަފައިން ބުރިކޮއްލަނީ ބޯވަގެ ފައި. ވެނުގެ ސަބަބުންވެސް ފައި ބުރިވޭ.

  10
  2
 5. ފުރީޑައިވަރ

  މީގަ ބްލީޗް ޖަހަގެން ބޯވާނެގުން އެ އަދިއެންމެ ރަނގަޅު ގޮތެއް ނޫން. ބްލީޗްގެ ސަބަބުން މުރަކަތައް މަރުވޭ.

  15
  2