ނެޓްފްލިކްސްއިން އަލަށް ނެރުނު ފިލްމު "އީލައި" ގެ ބިރުވެރިކަމުގެ ސަބަބުން ގިނަ މީހުންގެ ލޮލަށް ނުފެންނަ އެއްޗެހި ފެންނަން ފަށާފައިވާ ކަމުގެ ޚަބަރުތަކެއް ފެތުރިއްޖެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެ ފިލްމުގެ ބިރުވެރިކަން އެކި މީހުން އިހުސާސްކުރި ގޮތްތައް ޓްވިޓާގައި ދަނީ ދައުރުވަމުންނެވެ. އެގޮތުން އެއް ގަޑިއާއި 38 މިނެޓުގެ އެފިލްމުގެ ވަކި ހިސާބުން ފިލްމުގެ ސްޓޯރީއަށް ޓްވިސްޓެއް އަންނަކަންވެސް އެ ޓްވީޓުތަކުން އެނގެއެވެ.

"ދަ ހޯންޓިން އޮފް ހިލް" އާއި ޖެރޯލްޑްސް ގޭމް" ގެ ޕްރޮޑިއުސަރުން އުފެއްދި މި ފިލްމާ މެދު ގިނަ ބަޔަކު ތިބީ ހިތްހަމަ ޖެހިފައެވެ. ބިރުވެރި ފިލްމެއްގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް މި ފިލްމުގައި ހުންނަ ކަމަށް ވެއެވެ.

މި ފިލްމު ބަލަން އަނދިރީގައި ތިބި ބައެއް މީހުންނަށް "ފުރޭތަ" ފެންނަހެން ވެސް ހީވެފައިވާ ކަމަށް ވެއެވެ. ކޮޓަރީގެ ބޮކިތައް ދިއްލައިގެން ނޫނީ މި ފިލްމު ނުބަލާށެވެ.